ހަމަލާތައް ހުއްޓާލާފައި އޮތް ނަމަވެސް ހިޒްބުﷲ އަށް ހަމަލާ ދިނުމަށް ނަތަންޔާހޫ އަމުރުކޮށްފި
އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލާފައި ބާއްވާ ވަގުތު ތިން ހަފްތާއަށް އިތުރު ކުރިތާ ދެ ދުވަސް ފަހުން ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް ހިޒްބުﷲ އަށް ހަމަލާ ދިނުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކުރައްވައިފިއެވެ. ހަނގުރާމަ ހުއްޓާާލާފައި ބާއްވާ މުއްދަތު ބުރާސްފަތި ދުވަހު އިތުރުކޮށްފައި ވަނީ އެމެރިކާގައި ދެ ގައުމުގެ މަންދޫބުން ކުރި މަޝްވަރާތަކަށްފަހުއެވެ. އެ އަމުރަށްފަހު އިސްރާއީލުން ލުބުނާނުގެ ދެކުނަށް އިއްޔެ ދިން ހަމަލާތަކުގައި ހަ މީހަކު ވަނީ މަރުވެފައެވެ. އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނީ ހޮނިހިރު ދުވަހު ހަތިޔާރުން ފުރިފައިވާ އުޅަނދެއް ދުއްވި ހިޒްބުاللهގެ ތިން މެމްބަރެއްގެ އިތުރުން ސައިކަލެއްގައި ދުއްވި އިތުރު މީހަކު ވަނީ މަރާލާފައެވެ. އެ ޖަމާއަތުގެ ހަތިޔާރު އެޅި އިތުރު ދެ މެމްބަރުން މަރާލާފައިވަނީ އިސްރާއީލުން އިއުލާންކޮށްފައިވާ ބަފާ ޒޯނުގެ ލިތާނީ ސަރަހައްދުގައެވެ. އެއީ "ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އައިޑީއެފް ސިފައިންނަށް ނުރައްކަލަކަށް ވާތީކަމަށް ވެސް އައިޑީއެފް އިން ބުނެއެވެ. ހިޒްބުالله އިން ވަނީ ޔުހްމޯރު އަލް ޝަކީފަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ލުބުނާނުގެ ދެކުނުގައި އޮތް އިސްރާއީލު ސިފައިންގެ ވެހިކަލަކަށް އަމާޒުކޮށްފައިވާ ކަމަށް ބުނެފައެވެ. އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ބޮޑު ބައެއް ހިސޯރު ކުރަމުންދާއިރު، އެތަންތަނަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ދެމުުންނެވެ. ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ ވަކާލާތުކުރާ ގްރޫޕަކުން ހޮނިހިރު ދުވަހު ބުނީ ލުބުނާނުގައި ނޫސްވެރިންނަށް ދިން ހަމަލާތަކަކީ "ގަބޫލު ނުކުރެވޭނެ" ހަމަލާތަކެއް ކަމަށެވެ. އަދި ބުދަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ނޫސްވެރިއަކު ވެސް ހިމެނޭ ކަމަށެވެ. ލުބުނާނަށް ހަމަލާ ދިނުން ހުއްޓާލުމަށް އެމެރިކާއާއި އީރާނުގެ ހަމަލާތައް މެދުކަނޑާލަން އެއްބަސްވި އެއްބަސްވުމުގައި ހުށަހަޅާފައި އޮތްއިރު، 10 ދުވަހުގެ ހަމަލާތައް ހުއްޓާލިއެވެ. އެ މުއްދަތު ވަނީ ތިން ހަފްތާއަށް އިތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ