މައްޗަންގޮޅީގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

މިއަދު ގަޑިއެއްހާއިރަށް މާލެ ސިޓީ، މައްޗަންގޮޅީގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ޕިކަޕަކުން ޖެހި ލިބުނު ގެއްލުންތަކާއި ގުޅިގެން، އެ ފޮށި ބަދަލު ކުރުމުގެ މަސައްކަތަށް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން މައްޗަންގޮޅީގެ ދިލްބަހާރުމަގާއި، ބާމިޔާ ގޯޅި އަދި ގުލާލާ ގޯޅިން މިއަދު މެންދުރު 14:00 އިން 15:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ކަރަންޓް ކެނޑުން އެކަށީގެންވާ ސަރަހައްދު
މި ސަރަހައްދުތަކުގައި އުޅޭ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ