ބިންވެރިޔާ ސްކީމުން ލިބިފައިވާ ގޯތި އަތުލިޔަސް ހެޔޮ ކަމަށް ބުނާ އިގުރާރެއްގައި ސޮއި ކުރަން މަޖުބޫރު ކުރުވަނީ ބިންވެރިޔާ ސްކީމުން ލިބިފައިވާ ގޯތި އަތުލިޔަސް ހެޔޮ ކަމަށް ބުނާ އިގުރާރެއްގައި ސޮއި ކުރަން މަޖުބޫރު ކުރުވަނީ

ބިންވެރިޔާ ސްކީމުން ލިބިފައިވާ ގޯތި އަތުލިޔަސް ހެޔޮ ކަމަށް ބުނާ އިގުރާރެއްގައި ބިންވެރިން ސޮއި ކުރަން ސަރުކާރުން މަޖުބޫރު ކުރަން ފަށައިފި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ލިބިފައިވާ ގޯތިތަކުގެ އެގްރިމެންޓުގައި ސޮއި ކުރަން ސަރުކާރުން އޮތީ މާދަމާގެ ނިޔަލަށް މުހުލަތެއް ދީފަ އެވެ. މާދަމާގެ ނިޔަލަށް އެގްރިމެންޓުގައި ސޮއި ނުކުރާ މީހުންނަށް ގޯތި ނުލިބޭނެ ކަމަށް ސަރުކާރުން އޮތީ އަންގައިފަ އެވެ.
އެ އެގްރިމެންޓުގައި މިއަދު ސޮއި ކުރަން ދިޔައިރު، ސަރުކާރުން ދަނީ އިތުރު ގަރާރެއްގައި ބިންވެރިން ސޮއި ކުރަން މަޖުބޫރު ކުރަމުންނެވެ. އެ ގަރާރުގައި ބުނެފައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ އުސޫލުގައިވާ ޝަރުތު ފުރިހަމަނުވާ ނަމަ ކޮންމެ އިރެއްގައި ވެސް ގޯތި އަތުލިޔަސް ވަރިހަމަ ކަމަށެވެ.
"މި އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް އަޅުގަނޑުގެ ފަރާތުން ފުރިހަމަނުވާ ނަމަ ނުވަތަ ފުރިހަމަނުވާ ކަމަށް ފާހަގަވެއްޖެ ނަމަ ބިންވެރިޔާ ސްްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުގެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނުވަތަ ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި އަނބުރާ ނެގޭނެކަން އެއްވެސް އިއުތިރާޒެއް ނެތި އެކަން ގަބޫލު ކުރަން،" އެ އިގުރާރުގައި ބުނެފައިވެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުން އެފަދަ އެގްރިމެންޓެއްގައި ސޮއި ކުރަން ސަރުކާރުން މަޖުބޫރުކޮށްފައެއް ނުވެ އެވެ. ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލު ކުރި ފަހުން އަދި ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް ނުދެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ލިބިފައިވާ ގޯތި އަތުލިޔަސް ހެޔޮ ކަމަށް ބުނާ އެގްރިމެންޓެއްގައި ސޮއި ކުރަން ސަރުކާރުން މި މަޖުބޫރު ކުރުވަނީ، އެ ގޯތިތައް އަތުލަން ވެރިކަން ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ގޮވާލާފައި އޮއްވަ އެވެ.
"މިއީ އަޅުގަނޑު އެއްގޮތަކަށް ވެސް މިތަނުގެ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަަކައެއް ނޫން، ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޝުއޫރެއް މިއަދު މި ފާޅުކުރަނީ، އަޅުގަނޑުގެ ހިޔާލަކީ އަދިވެސް ދީފައި އެ ހުރި، ހިލޭ ދީފައި އެ ހުރި ބިންތައް، އެތަނުގައި ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި، ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯތީގެ ބަދަލު ދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" ފަލާހު ވިދާޅުވި އެވެ.
ގުޅީފަޅުން ދޫކުރަން ނިންމާފައި ވަނީ 3670 ގޯއްޗެވެ. އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯތި ވެސް ހިމަނައިގެންނެވެ. އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި އޮތީ އިތުރުކޮށްފަ އެވެ. އެއީ ކޮން ބޭނުމެއްގައި އިތުރު ކުރި ގޯތިތަކެއް ކަމެއް ނޭނގެ އެވެ.
ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން މިދިޔަ ސަރުކާރުން ޝާއިއު ކުރީ އޯގަސްޓު 24، 2023، ގަ އެވެ. އެ ޕްލޭނަށް މި ސަރުކާރުން އެންމެ ފުރަތަމަ ބަދަލުތަކެއް ގެނައީ އޮކްޓޯބަރު 27، 2024، ގަ އެވެ. އެ ބަދަލު ގެނައީ އެ ރަށުގައި މުހިންމު އިންފްރާސްޗަކްތާތައް ގާއިމްކޮށްފައި ނެތުމުން ކަމަށް ސަރުކާރުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ