ޗެމްޕިއަންސް ލީގު ސެމީގައި، ބަޔާން އަދި ރެއާލްގެ ކުރިމަތިލުން މިރޭ ސައުދީ ކިންގްސް ކަޕް ސެމީގައި, އަލް-އިއްތިހާދް އަދި އަލް-ހިލާލް ވާދަކުރާ މެޗު މިރޭ! މިރޭގެ މެޗު ފަސޭހައެއް ނުވާނެ. އެހެނަސް ރެއާލް ބަލިކުރެވޭނެ: ޓުޗެލް ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހާއ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބަޔާން މިއުނިކް އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.
ރޭ ބަޔާންގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.
މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ބަޔާންއިންނެވެ. ނަމަވެސް ރެއާލްގެ ގޯލަށް ނުރައްކާވާފަދަ ހަމަލާއެއް ބަޔާންއަށް ފޮނުވާނުލެވުނެވެ. ބަޔާންއިން މެޗުގައި ރަނގަޅަށް ކުޅެމުން ދަނިކޮށް ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ރެއާލުންނެވެ. މެޗުގެ 24 ވަނަ މިނިޓްގައި ރެއާލް އަށް ލީޑުނަގައި ދިނީ ވިނީޝިއުސް ޖޫނިއާއެވެ. މިއީ، ރެއާލްގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް ދިން ބޯޅައަކަށް އޭނާ ޖެހި ގޯލެކެވެ.
ރެއާލުން ފުރަތަމަ ހާފު ނިންމާލީ އެއްލަނޑުގެ ލީޑެއްގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފަށް ކުޅެން ނުކުމެ، މާގިނައިރުތަކެއް ނުވެ، ބަޔާންއިން ނަތީޖާ ހަމަހަމަކުރިއެވެ. ބަޔާންއަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 53 މިނެޓުގައި، ލެރޯއި ސާނޭ ޖެހި ހިތްގައިމު ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ބަޔާންއިން މެޗުގެ ލީޑު އަތުލީ ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ޖެހި ގޯލުންނެވެ. މިއީ، ބަޔާނުގެ ޖަމާލް މުސިއާލާ އަށް އޭރިއާތެރެއިން ރެއާލްގެ ލޫކަސް ވަޒްކޭޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މި ލަނޑަށް ފަހުވެސް ބަޔާންއަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބުނެނެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މެޗުގެ ނިމެން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށް ރެއާލް އިން ގެނައި ބަދަލުތަކަކާއި އެކު، އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަވިއެވެ. ކްރޫސް އާއި ޖޫޑް ބެލިންހަމްގެ ބަދަލުގައި ލޫކަ މޮޑްރިޗް އާއި ބްރަހިމް ޑިއާޒް ކުޅެން އަރައި ގޭމްގަނޑު މުޅިންހެން ބަދަލުކޮށްލިއެވެ. އޭގެ ފަހުން، ރެއާލްގެ އެޓޭކްތައް ވަރުގަދަވިއިރު، ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރިއެވެ. އެގޮތުން މޮޑްރިޗް ހުސްކޮށްލާފައި ދިން ބޯޅައަކުން ވިނީޝިއުސް ރަނގަޅު ހަމަލާއެއް ފޮނުވާލިއިރު، އޭރިއާތެރެއިން އޭނާ ފޮނުވާލި ބޯޅަ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.
ރެއާލަށް އެއްވަރުކޮށްދިން ލަނޑު 83 ވަނަ މިނެޓުގައި ޖެހީ ވިނީޝިއުސް އެވެ. މިއީ މި ބަޔާންގެ އޭރިއާތެރެއިން އެ ޓީމުގެ ދެކުނު ކޮރެއާ ޑިފެންޑަރު، ކިމް މިން ޖޭއި، ރެއާލްގެ ރޮޑްރީގޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ.
މި ނަތީޖާއާއި އެކު ރޭގެ މެޗު އެއްވަރުވެ އޮވެ، ނިމިގެން ދިޔައިރު، ދެވަނަ ލެގު ކުޅޭނީ އަންނަ ހަފްތާގައި ރެއާލްގެ ދަނޑުގައެވެ. މި މެޗުން ކުރިލިބޭ ޓީމަކަށް މުބާރާތުގެ ފައިނަލް ކަށަވަރުވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ