ރޯދަ މަހު ކަރަންޓު ބިލު ބޮޑު ނުވާނެ ގޮތަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުން ތަންފީޒު ކުރާނީ އުފަލާއި އިހްލާސްތެރިކަމާއިއެކުގައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީންގެ ރާއްޖޭގެ ތަފާތަކީ މިއީ ކަމަށާއި، މިކަންކަމުން އެނގި ހާމަވެގެން ދަނީ މި ސަރުކާރަކީ ރައްޔިތުންގެ އިޙުސާސްތައް ރަނގަޅަށް ދަންނަ، އަދި އެ ރައްޔިތުންނާއި މެދު އިހުލާސްތެރި ސަރުކާރެއްކަން ކަމުގައެވެ.
”ފާއިތުވެދިޔަ ހުރިހާ ސަރުކާރުތަކެއްގައިވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އަދި ޝަކުވާއަކަށް ވެގެންދިޔަ ކަރަންޓާއި ފެނުގެ ބިލު ބޮޑުވުމުގެ މައްސަލައަށް އަމިއްލައަށް އިސްނަންގަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހައްލު ހޯއްދަވައިދެއްވިކަމީ އެމަނިކުފާނުގެ އޯގާތެރިކަމާއި، ރައްޔިތުންގެ ޝުޢޫރަށް އިޚުތިރާމް ކުރައްވާ މިންވަރު ހާމަވެގެންދާ ކަމެއް.“ ފަހުމީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ޑރ. މުއިއްޒަކީ ރައްޔިތުންގެ އަޑު އައްސަވައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފަހިކޮށްދެއްވުމަށް ގަދައަޅައި މަސައްކަތްކުރައްވާ ހިދުމަތްތެރިއެއް ކަމަށެވެ.
ރައީސްގެ ހަރުދަނާ ވިސްނުންފުޅުތަކާއި އެކު ސްޓެލްކޯއިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްތަކުން ނަގަމުން އަންނަ 30 ރުފިޔާގެ ޗާޖް އަންނަ މަހުން ފެށިގެން ނެގުން ހުއްޓާލެވޭނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ލާބައަށް އެމަނިކުފާނު ނިންމެވި ނިންމެވުން ތަންފީޒުކުރާނީ އުފަލާއި އިހުލާސްތެރިކަމާއިއެކު ކަމަށެވެ.
ދިވެހީންގެރާއްޖޭގެ ތަފާތަކީ މިއީ. މިކަންކަމުން އެނގި ހާމަވެގެން މިދަނީ މި ސަރުކާރަކީ ރައްޔިތުންގެ އިޙުސާސްތައް ރަނގަޅަށް ދަންނަ، އަދި އެ ރައްޔިތުންނާއި މެދު އިޚުލާސްތެރި ސަރުކާރެއްކަން. ފާއިތުވެދިޔަ ހުރިހާ ސަރުކާރުތަކެއްގައިވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އަދި… https://t.co/u14rbVYCfs
— Hussain Fahmy (@u09HussainFahmy) March 4, 2024
ބ. އޭދަފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅު ރައީސް ވިދާޅުވީ ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑުވުމަކީ އަބަދުވެސް އޮންނަ ޝަކުވާއެއް ކަމަށާއި ނަމަވެސް، މި ފަހަރުގެ ރޯދަ މަހު ބިލްތައް ބޮޑު ނުވާނެ ކަމަށެވެ.
”އާންމު މަހެއްގަ އެ ހުންނަ ރޭޓްގަ ކެޕް ކޮށްފައި. އާންމު މަހެއްގަ ހުންނަ މިންވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލް ހުންނާނީ،“ ރައީސް ވިދާޅުވިއެވެ.
ރޯދަ މަހު ކަރަންޓު ބިލު ބޮޑު ނުވާނެ ގޮތް ހަދަން ރައީސް ނިންމެވި ނިންމެވުން ތަންފީޒު ކުރާނީ އުފަލާއެކު: ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ