މިދިޔަ މަހުގެ ފެން ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދެނީ

އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލް ކުރެވިފައިވާ މިންވަރުގެ 24.5 ޕަސެންޓް ކަމަށާއި ޑިސްކައުންޓަށް ހަރަދުވީ 14.13 މިލިއަން ރުފިޔާ ކަމަށް އެކުންފުނިން ބުންޏެވެ.
މިދިޔަ މަހު ފެން ބިލުތަަކުން ވެސް 10 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރޯދަ މަހު ޑޮމެސްޓިކް ކަސްޓަމަރުންނަށް ޑިސްކައުންޓް ދީފައި ވަނީ މާޗް މަހުގެ 11 އިން ފެށިގެން އޭޕްރީލް 11 އަށް ފޮނުވި ބިލުތަކަށް ކަމަށެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލް ކުރެވިފައިވާ މިންވަރުގެ 24.5 ޕަސެންޓް ކަމަށާއި ޑިސްކައުންޓަށް ހަރަދުވީ 14.13 މިލިއަން ރުފިޔާ ކަމަށް އެކުންފުނިން ބުންޏެވެ.ފެން ކުންފުނިން ބުނީ އެހެން ނަމަވެސް ޑިސްކައުންޓް ދިން ބިލްތަކުގައި ރޯދަ މަހު ބޭނުން ކުރެވުނު ފެނާ ކަރަންޓު ހިމެނިފައި ވަނީ އެކި މިންވަރަށް ކަމަށްވުމާއެކު ރޯދަ މަހުގެ ތެރޭގައި ފޮނުވުނު ބިލްތަކުގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ބޭނުން ކުރި ފެނާއި ކަރަންޓުގެ އަގަށް ވެސް ކަނޑައަޅާފައިވާ އުސޫލުގެ މަތިން ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، ޑިސްކައުންޓް ހިމަމައިގެން މިދިޔަ މަހު ފޮނުވި މާޗް މަހުގެ ބިލަށްވުރެ ބޮޑުވާނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި މިމަހު ފޮނުވާ އޭޕްރީލް މަހު އުނިކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ. 
"މިގޮތުން އުނިކޮށްދޭ މިންވަރަކީ އޭޕްރީލް މަހުގެ 10 ޕަސެންޓް އަށްވުރެ ކުޑަމިންވަރެއް ކަމުގައިވާނަމަ، 10 ޕަސެންޓް އާއި އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވޭނެ. 2024 އޭޕްރީމް މަހުގެ ބިލް މާޗް މަހުގެ ބިލަށްވުރެ ކުޑަ ނަމަވެސް ޑިސްކައުންޜްގެ ގޮތުގައި އޭޕްރޯމް މަހުގެ ބިލުން 10 ޕަސެންޓް ދެވޭނެ،"އޭގެ އިތުރުން، އަލަށް ފެން އަދި ކަރަންޓު ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ މިދިޔަ މަހުގެ ބިލު ކަމަށްވާނަމަ އެ ފަރާތްތަކަށް ވެސް ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެ އެވެ.އެކުންފުނިން ބުނީ މިދިޔަ މަހުގެ ބިލަށް ޑިސްކައުންޓް ދެވޭ އަދަދާއި މިހާތަނަށް އެކުންފުނިން ބިލު ފޮނުވާﷲައިވާ ފަރާތްތަކުގެ ބިލު އިސްލާހު ކުރުމަށްފަހު، ޑިސްކައުންޓޭ ދޭ އަދަދާއެކު މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ހިއްސާކުރަމުންދާނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ