ކުއްލި ޚަބަރު: ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ދެ ކުށެއް ސާބިތުވެ 11 އަހަރަށް ޖަލަށް ލަން ހުކުމްކޮށްފިއެވެ.
ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ރައީސް ޔާމީނަށް ދައުވާކުރީ އެރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެއެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ރިޝްވަތު ދިނުމުގެ ދައުވާ ކުރިއެވެ
ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރައީސް ޔާމީންގެ މައްޗަށް ކުރި ރިޝްވަތު ގަބޫލުކުރުމު ކުށުގެ ދައުވާ ސާބިތުވެފައި ވާތީ 4 އަހަރަށް ޖަލަށްލުމަށްށެވެ. އަދި ފައިސާ ލޯންޑާ ކުރި ކުށުގެ ދައުވާ ސާބިތުވެ، 7 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމު ކުށުގެ ދައުވާ ސާބިތުވެފައި ވާތީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވެއެވެ.
އިތުރު ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ