ސީއެޗްއެސްއީ މާލޭގައި މިހާރު 424 ދަރިވަރުން ދަނީ ތައުލީމު ހާސިލް ކުރަމުންނެވެ. ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން އެންމެ ފުރަތަމަ ހުޅުވާފައިވަނީ ޖުލައި 3، 1979 ވަނަ އަހަރުގަ އެވެ.
ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން – މާލެ، މިރޭ ރަސްމީކޮށް ހުޅުއްވައިފި އެވެ. އެ ސުކޫލު ރަސްމީކޮށް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ސީއެޗްއެސްއީ މާލޭގައި އަލުން ހުޅުވައިފައި މިވަނީ މިހާރު ކުރިއަށްދާ ސެމިސްޓާގައި ކިޔަވައިދޭން ފަށާފައި ވަނިކޮށެވެ.މިރޭގެ ރަސްމިއްޔާތު ގައި ސީއެޗްއެސްއީގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލުގެ ފަސް ދަރިވަރެއްގެ ބައިވެރިވުމާއެކު ބޭއްވި "ގައުމުގެ މުސްތަގުބަލާމެދު ދަރިވަރުންގެ އުންމީދު" ފޯރަމް ބައްލަވާލައްވާފަ އެވެ.
ސީއެޗްއެސްއީ އަށް 45 އަހަރު ފުރުމާއި ގުޅިގެން މިދިޔަ ޖުލައި މަހު އޮތް ހާއްސަ އެސެމްބްލީ ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ މަތީ ސާނަވީ އަށް ކިޔެވުމުގެ އިންތިޒާމު ފުރަ މާލޭގައި މިއަހަރު ސަރުކާރުން އަލުން ހަމަޖައްސެވުމަށް ނިންމަވާފައިވާ ކަން ހާމަކުރައްވާފަ އެވެ. މިރޭ ސީއެޗްއެސްއީ– މާލެ ހުޅުވިގެންދިއުމާއެކު ފުރަ މާލޭގައި މަތީ ސާނަވީ އަށް ކިޔެވުމުގެ ފުރުސަތު އަލުން މިވަނީ ތަނަވަސްވެގެން ގޮސްފައެވެ.ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގަ އާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުސަތުތައް ސަރުކާރުން އިތުރުކުރެއްވުމަށް މަަސައްކަތް ކުރައްވަމުންދާކަން ހާމަކުރައްވާފަ އެވެ.
ސީއެޗްއެސްއީ މާލޭގައި މިހާރު 424 ދަރިވަރުން ދަނީ ތައުލީމު ހާސިލް ކުރަމުންނެވެ. ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން އެންމެ ފުރަތަމަ ހުޅުވާފައިވަނީ ޖުލައި 3، 1979 ވަނަ އަހަރުގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މާލެ ސީއެޗްއެސްއީ ރަސްމީކޮށް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ