ވަށިވަށިން ލާރި އަޔަސް އޭގައި ނުހިފުމަށް ގާސިމް ގޮވާލައްވައިފި

ރިޔާސީ އިންތިޚާބާ ދިމާކޮށް ރައްޔިތުންނާ ދިމާއަށް މިފަހަރު ފުނިފުންޏަށް ލާރި އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެ ރައްޔިތުން އެލާރީގައި ނުހިފައި އިހުލާސްތެރި ވެރިއަކު އިހުތިޔާރު ކުރުމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ގޮވާލައްވައިފި އެވެ.
ޖުމުހޫރީ ޕާޓީން ބާއްވަމުންދާ ސިލްސިލާ ބައްދަލުވުމުގައި މިހަފުތާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބުރާހިމް ވިދާޅުވީ، އެފަދަ ފަރާތްތަކުން ބަހާ ފައިސާއަށް ބަލާފައި ވޯޓް ވިއްކާނުލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ގާސިމް އިބުރާހިމް ވިދާޅުވީ، މިފަހަރު ދިވެހި ލޮބުވެތި ރައްޔިތުން އެކަން ކުރައްވައިފިނަމަ މުޅި އުމުރަށް ހިތާމަ ކުރަންޖެހޭނެ ކަމަށެވެ. އަދި އެ ގޯސް ރައްޔިތުންނަށް ނުހެދުމަށް ތަކުރާރުކޮށް ގޮވާލައްވަމުން ގާސިމް އިބުރާހިމް ވިދާޅުވީ، މިއީ ވަށިވަށިން ލާރި އަންނާނެ ފަހަރެއް ކަމަށެވެ.
ގާސިމް ވިދާޅުވީ، ބައެއް ފަރާތްތަކުން މިހާރު ރާއްޖޭގައި އޮންނަންވީ ވިލާ މޯލްޑިވްސް ކަމަށް ބުނެ މަލާމާތުގެ ބަސްތައް ބުނަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި އޭބީސީޑީގެ ހުރިހާ އަކުރަކުން ވިލާ ކިޔާ ގޮސް ހުސްވަންޏާ އޭގެ މާނައަކީ ގައުމަށް ހެޔޮއެދިގެން ގާސިމަށް ކަމެއް ކުރިވެފައިވާ ކަން ކަމަށެވެ.
ފަހަކަށް އައިސް މެންބަރުން އެންމެ އާދަޔާ ހިލާފަށް ގިނަވަމުން އަންނަ ޖުމުހޫރީ ޕާޓީން ދަނީ ރިޔާސީ އިންތިޚާބަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ.
----
ސާބާ ޗެމްޕިއަންޝިޕުގައި ވާދަ ކުރާ ގައުމީ ބާސްކެޓް ޓީމުގެ ކެޕްޓަންކަން މުހައްމަދު މުހުސިނަށްދީ ޓީމުގެ ވައިސް ކެޕްޓަނަކީ އަލީ ފަޒްލީ އަށް ދީފި އެވެ.
ސާކުގެ ހުރިހާ ގައުމަކުން ބައިވެރިވާ މުބާރާތަށް ޓީމުން މި ފަހަރުގެ ޓީމުން ޖާގަ ގެއްލުނީ ހަރިކޭންގެ އަލީ މުސްތަފާ އާއި އަހުމަދު ނަޖީލްގެ އިތުރުން ސިފައިންގެ ކުލަބުގެ ޔޫސުފް ނިޝާރު (އޫތު) އާއި މުހައްމަދު މަހުދީ އަށެވެ.
މި މަހުގެ 17 އިން 25އަށް ބަންގާޅުގައި ބާއްވާ މުބާރާތަށް ގައުމީ ޓީމު ފުރާނީ އަންނަ އަންގާރަ ދުވަހު،، ކޯޗު އަހުމަދު ފަޔާޒުގެ ދަށުން ތައްޔާރުވަމުން އަންނަ މި ޓީމުގެ އޮފިޝަލް ކިޓް ސްޕޮންސާ އަކީ މޯލްޑިވިއަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ