ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމު ޕީޕީއެމުން ވަކިވުމަށް ހުށަހަޅުއްވައިފި

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު އެޕާޓިން ވަކިވުމަށް ހުށަހަޅުއްވައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިލްހާމު ޕީޕީއެމުން ވަކިކޮށްދިނުމަށް އެދި އެޕާޓީގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައިވަނީ ނިމިދިޔަ ހަފްތާއެވެ.
އިލްހާމު ފޯނަށް ޖަވާބު ނުދެއްވާތީ، ޕީޕީއެމުން ވަކިވެވަޑައިގަންނަވަނީ ކޮން ސަބަބަކާ ހެދި ކަމެއް އަދި އެނގިފައެއް ނުވެއެވެ.
އިލްހާމު ޕީޕީއެމުން ވަކިވާން ހުށަހަޅުއްވާފައިވާކަން އިލްހާމުގެ ވަރަށް ގާތް ބޭފުޅަކުވަނީ ސީއެންއެމަށް ކަށަވަރުކޮށްދެއްވާފައެވެ.
އަދި އިލްހާމު ވަކިވެވަޑައިގަތުމަށް ހުށަހަޅުއްވާފައިވަނީ މިސަރުކާރުގެ ކޮންމެވެސް ކަމަކާއި މެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާތީ ކަމަށް ވެސް ސީއެންއެމަށްވަނީ މައުލޫމާތު ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ