ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެންވަނީ ކްރިމިނަލް ކޯޓަށް ކަމަށް އދގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަން ކަމާ ބެހޭ މަންދޫބު ގެބްރިއެއްލާ ނައުލް ވިދާޅުވެއްޖެއެވެ.
ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ގެބްރިއެއްލާ ވިދާޅުވީ އެމައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެންވަނީ ކްރިމިނަލް ކޯޓަށް ކަމަށެވެ. އަދި އަބުދުﷲ ގާޒީ ކްރިމިނަލް ކޯޓުގައި ހުންނަވާތީ މަސްލަހަތު ފުށޫ އަރާފާނެ ކަމަށް ޕީޖީ ބަލަން ނުޖެހޭނެ ކަމަށް ވެސް ގެބްރިއެއްލާ ވިދާޅުވިއެވެ.
ގެބްރިއެއްލާ ވިދާޅުވީ މައްސަލައެއް ކުރިއަށް ގެންދިއުމުގައި ފަނޑިޔާރު އިންސާފުވެރިވާނެތޯ ނިންމުމަކީ ޕީޖީގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި މަސްލަހަތު ފުށޫ އަރާ މައްސަލަތަކުން ފަނޑިޔާރުން އަމިއްލައަށް ތަނާޒުލުވާން ޖެހޭނެ ކަމަށެވެ.
"ގާނޫނުގައިވާ ގޮތުން އެމައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެންވާ ގާނޫނީ ކޯޓަކީ ކްރިމިނަލް ކޯޓު، ދެން ޕީޖީ ކަންބޮޑުވެ ވަޑައިގަންނަވަނީ އަބުދުﷲ ގާޒީ ކްރިމިނަލް ކޯޓުގައި އިންނަވާތީ މަސްލަހަތު ފުށޫ އަރާފާނެތީ، އިންސާފުވެރި ނުވެދާނެތީ، އެއީ ޕީޖީ ނިންމަން ޖެހޭ މައްސަލައެއް ނޫން ޖަޖު އިންސާފުވެރިވާނެތޯ؟ އެއްވެސް މައްސަލައެއްގައި އިންސާފުވެރި ނުވެވޭނެ ކަމަށް ފެންނަ ނަމަ އެއީ ޖަޖުގެ ވާޖިބެއް ތަނާޒުލްވުމަކީ،" ގެބްރިއެއްލާ ވިދާޅުވިއެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ބެލުމުގެ އިހްތިސާސް ލިބިފައިވަނީ ކްރިމިނަލް ކޯޓަށް ކަމަށް ގެބްރިއެއްލާ ވިދާޅުވި އިރު އެމައްސަލަ ހުޅުމާލޭ ކޯޓުގައި މިހާރުވަނީ ފަށާވެސްފައެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ބެލޭނީ ކްރިމިނަލް ކޯޓަށް: އދގެ ރެޕަޓުއަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ