ރަޝިއާއިން ޔޫކްރޭން މައްސަލައިގައި ގެންގުޅޭ ސިޔާސަތާއި ދެކޮޅަށް ރަޝިއާ ރައްޔިތުން ނިކުމެއްޖެ އެވެ.
ޔޫކްރޭންގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ރަޝިއާ ސަރުކާރުން ހިތްވަރުދެމުންދާ ކަމަށް ބުނެ ރަޝިއާގެ ވެރިރަށް މޮސްކޯގައި އިއްޔެ ވަނީ ބޮޑު މުޒާހަރާ އެއް ބާއްވާފައެވެ.
މިއީ ޔޫކްރޭންގައި ހަމަނުޖެހުންތައް ފެށުނު ފަހުން ރަޝިއާގައި ބޭއްވި މިފަދަ ފުރަތަމަ މުޒާހަރާއެވެ.
ޔޫކްރޭން ސަރުކާރަށް ތާއިދު ކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވި މިމުޒާހަރާގެ ބައިވެރިން ވަނީ ރަޝިއާގެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާފައެވެ. މުޒާހަރާގައި ބައިވެރިން ގޮވާލާފައި ވަނީ އެމީހުން ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށާއި އެމީހުން ބޭނުންވަނީ ސުލްހަވެރިކަން ކަމަށެވެ.
އަދި ރަޝިއާގެ ރައީސް ބްލަޑިމިއާ ޕޫޓިންގެ ދޮގުތައް އަޑުއަހާ އަހާ ވަރުބަލިވެއްޖެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައި ވެއެވެ.
ޔޫކްރޭންގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިންނާއި ޔޫކްރޭން ސަރުކާރާއި ދެމެދު މިދިއަ އޭޕްރިލް މަހު ހަމަނުޖެހުންތައް ފެށުނު ފަހުން ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ތިންހާހަށް ވުރެ މަށްޗަށް އަރައެވެ.
ޔޫކްރޭން އާއި ރަޝިއާގެ ދިދަ ހިފައިގެން ރަޝިއާ ރައްޔިތުން މުޒާހަރާ ކޮށްފައި ވާއިރު ހަނގުރާމަވެރިންނާއި ޔޫކްރޭން ސިފައިންނާއި ދެމެދު ބަދަލުކުރެވެމުން ދިއަ ހަމަލާތައް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
ރަޝިއާ ރައްޔިތުން ރަޝިއާ ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ