އެމްޑީޕީ ފޮނަދޫ ދާއިރާގެ ރައީސް ހައްޔަރުކޮށްފި

ފުލުހުންނަށް ބާޣީއަށް ގޮވިކަމަށް ބުނެ ފޮނަދޫ އެމްޑީޕީ ސިރާޖުއްދީން ގޮފީގެ ރައީސް އިބްރާހިމް މުޙައްމަދު (ވާޑު) ފުލުހުން ހައްޔަރުކޮށްފި އެވެ.
އެމްޑީޕީ ފޮނަދޫ ދާއިރާއިން ބުނީ ހެނދުނު 9.40 ހާއިރު އެސްޓީއޯ ފިހާރައިގައި ވަޒީފާ އަދާކުރަމުންގެންދާ އިބްރާހިމް މުޙައްމަދު (ވާޑް) އާއި އެތަނުގެ ބައެއް ސްޓާފުން އެސްޓީއޯ ޗެކްޕޯސްޓް ކުރިމަތީ ހުންނަގޭ އަންހެނަކާއި ވާހަކަ ދައްކަން ތިއްބާ އެމަގުން ދުއްވާފައި ދިޔަ ޕޮލިސް ވެހިކަލެއް އެމީހުން ކައިރިޔަށް ގޮސް މަޑުކުރުމަށްފަހު ދެންމެ ބާޣީ އަށް ގޮވިން ނޫންހޭ ވާޑު ކައިރީ އެހުމަށްފަހު ފޮނަދޫ ޕޮލިހަށް ގެންދިޔައީކަމަށެވެ.
އެހެން ނަމަވެސް ވާޑު އެފަދަ އެއްވެސް ބަހަކުން ފުލުހުންނާ މުޚާޠަބުނުކުރާ ކަމަށް މަންޒަރުދުށް މީހުންނާ ހަވާލާދީ އެމްޑީޕީ ފޮނަދޫ ދާއިރާއިން ބުނެއެވެ. އަދި ފުލުހުން އެހެން ދިޔަކަމެއްވެސް ނޭނގޭ ކަމަށާއި ކުއްލިއަކަށް ފެނުނީ ވެހިކަލް އަނބުރާލާފަ އައިސް މަޑުކޮށްލިތަން ކަމަށް ވެސް އެތަނުގައި އެވަގުތު ތިބި މީހުން ބުނެއެވެ.
އެމްޑީޕީ ސިރާޖުއްދީން ގޮފީގެ ރައީސަކީ ފޮނަދޫ އެމްޑީޕީ ޙަރަކާތްތައް ހިނގުމުގައި ވަރަށް ހީވާގިކަމާ ފޯރިއާއެކު މަސައްކަތް ކުރަމުން އަންނަ އެކްޓިވިސްޓެއްކަން ފާހަގަ ކުރެވޭ ކަމަށާއި، އަދި އެ ރަށުތެރޭގައި ވާހަކަ ދެކެވޭގޮތުން ފޮނަދޫ އެމްޑީޕީ ޙަރަކާތްތަކުގައި އިސްވެ އުޅޭ ފަރާތްތައް ހައްޔަރުކުރުމަށް ހަދާފައިވާ ލިސްޓެއް ފޮނަދޫ ޕޮލިސް ސްޓޭޝަންގައި އޮންނަކަމަށް އެމްޑީޕީ ފޮނަދޫ ދާއިރާގެ ރައީސް މުހައްމަދު (އޯކޭ) ޒާހިރު އެމްޑީޕީ ވެބްސައިޓަށް މައުލޫމާތުދެމުން ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ މިއަދު ހެނދުނު ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ގެންދިޔަގޮތަށް އަދިވެސް ވާޑު ދޫކޮށްލާފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ