އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ޝާހިދު ފުރާވަޑައިގެންފި

އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިންޑިޔާއަށް ފުރާވަޑައިގެންފި އެވެ.
ރައްޔިތުން މަޖިލީހުން މައުލޫމާތުދިން ގޮތުގައި އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހާ އެކްސެލެންސީ މީރާ ކުމާރުގެ ދައުވަތަކަށް ޝާހިދު ކުރައްވާ އެ ދަތުރުފުޅުގައި އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ އިސްބޭފުޅުންނާއި އިންޑިޔާ ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާނެ އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސްގެ އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭ ގޮތުންނާއި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެދުގައި މައުލޫމާތު ބަދަލުކޮށް މީހުން ތަމްރީން ކުރުމުގެ ދާއިރާއިން އިތުރުފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއެވެ.
ޝާހިދުގެ އަރިހުގައި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މޯލްޑިވްސް އިންޑިޔާ ޕާލަމެންޓްރީ ފްރެންޑްޝިޕް ގުރޫޕްގެ ރައީސް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމާއި ރައްޔިތުން މަޖިލީހުގެ އާމީން އާންމު އަހްމަދު މުހައްމަދާއި ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ބައިވެރި ވެވަޑައިގަންނަވާއި ރު އެ ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސާފައިވަނީ އިންޑިޔާ ސަރުކާރުން ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ