އާރާއި ބާރުލިބުނީމަ މާޒީ ހަދާންނެތުމަކީ އޭގެ ސަބަބުން ހީނުކުރާވަރުގެ ގެއްލުން ވެދާނެ ކަމެއް ކަމުގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސަައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސަައުދުﷲ އަހުމަދު މިހެން ވިދާޅުވީ ރައްޔިތުން އުންމީދުކުރި ބަދަލު ނުފެންނަނީ ކޯލިޝަން ސަރުކާރުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގަ އަދި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މެމްބަރު ރާއީ އުޅުއްވީ ކޮން ގައުމަކުތޯ ވިދާޅުވެ ރާއީއަށް ފާޑުވިދާޅުވެފައެވެ.
އަދި އާރާއި ބާރުލިބުނީމަ މާޒީ ހަދާންނެތުމަކީ އޭގެ ސަބަބުން ހީނުކުރާވަރުގެ ގެއްލުން ވެދާނެ ކަމެއް ކަމަށްވެސް ސަައުދުﷲ ވިދާޅުވިއެވެ.
މެމްބަރު ރާއީއަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސްގެ ފާޑުކިޔުންތައް އަމާޒުވިއިރު އޭރުވެސް އަދި މިހާރުވެސް ރައްޔިތުންގެ އުންމީދަކީ ފުރިހަމަ އާރާއި ބާރުގައިވާ ހަމަ އެކަނި އެމްޑީޕީގެ ސަރުކާރަކުން ރައްޔިތުން އެދޭ ހެޔޮބަދަލު ގެނެވުންކަމަށް ރާއީ ވަނީ ވިދާޅު ކޯލިޝަނަށް ފާޑުވިދާޅުވެފައެވެ.
ރާއީ މިހެން ވިދަޅުވެފައިވާއިރު، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެމްޑީޕީގެ ބޭފުޅުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެެވެސް ބޮޑު މެޖޯރިޓީއެއް އެމްޑީޕީގެ މެމްބަރުން ހިއްސާކުރެއެވެ.
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ނުފޫޒުން އެމްޑީޕީ އުފެދިގެން އައި މަގްސަދުތަކާއި، އަސާސްތަކާއި ސަރުކާރުން ޚިލާފުވަމުންދާކަމުގެ ކޮޅުމަތި ފެންނަން ފަށައިފިކަމަށް އެމްޑީޕީން މީގެކުރިން ބުނެފައިވެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އެވެ.
އާރާއި ބާރުލިބުމުން މާޒީ ހަދާންނެތުމަކީ ގެއްލުން ވެދާނެ ކަމެއް: ސައުދުﷲ އަހުމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ