ޕީޕީއެމްގެ ހުރިހާ މެމްބަރުން ރައީސް މައުމޫނު ފަހަތަށް ޖަމާވުމަށް އުމަރު ގޮވާލައްވައިފި

މި ސަރުކާރު ގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު މިހާޜުދަނީ ރައީސް ޔާމީނާއި ސަރުކާރަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.
ސަބަބު ވަރަށް ސާފެވެ. އުމަރަކީ ވެރިކަމަށް ފޫގަޅާފައި ހުންނަ މީހެއްކަން އެއްމެ ދިވެހި ރައްޔިތުން ދަންނާނެއެވެ.
"ޕީޕީއެމްގެ ހުރިހާ މެންބަރުން ރައީސް މައުމޫނުގެ ފަހަތްޕުޅަށް އަލުން ޖަމާވެ ތެދުވެރި ވެރިކަމެއް މިގައުމަށް ގެނައުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަން" އުމަރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިތާ މާގިނަ ދުވަސްތަކެއް ނުވެ ފާޅުގައި ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން އުމަރު ވިދާޅުވެފައިވަނީ މިސަރުކާރަކީ އެއްމެ ކޮރަޕްޓް އެއް ސަރުކާރުކަމަށާޢި ރައީސް ޔާމީންގެ އަމަލުތައް ހުރީ ދެވަނަ ދައުރަކަށް އިންތިހާބު ކުރެވޭގޮތަށް ނޫން ކަމަށެވެ.
އަދި ރައީސް ޔާމީނާއި މައުމޫނުގެ ހިޔާލުތަފާތުވުންތައް ހައްލުކުރެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
2018 ގައި ވެރި ކަމަށް ކުރިމަތިލުމަށް އުމަރު ނިންމާފައިވާއިރު އެކަމުގެ ކޮޅުމަތި މިހާރު މިދަނީ ފެންނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ