ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާ އެތުލީޓަކަށް އަހުމަދު ޒަބީރު ހަމަޖައްސައިފި އެވެ.
އައިއޯއައިޖީގެ ރާއްޖޭގެ ދިދަ އުފުލާ އެތުލީޓަކަށް ޒަބީރު ހަމަޖެއްސިއިރު، އޭނާއާ ދިވެހި ގައުމީ ދިދަ ހަވާލްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ. މިރަސްމިއްޔާތު އޮތީ ރައީސް އޮފީހުގަ އެވެ.
އެމްއޯސީން ބުނީ، ދިދަ އުފުލާ އެތުލީޓު ހޮވުމަށް ހަމަޖެހިފައިވަނީ އެމްއޯސީގެ ބޯޑުން ކަމަށެވެ.
އައިއޯއައިޖީގެ ހުޅުވުމުގެ ރަސްމިއްޔާތުގައި 2015 ވަނަ އަހަރު ދިވެހި ދިދަ އުފުލީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. އެފަހަރު ސާއިދުއަށް ވެސް ދިދަ ހަވާލުކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިމަހު 18 އިން 28 އަށް މޮރިޝަސްގައި ބާއްވާ މިގޭމްސްގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހެނދުނެވެ.
މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ދިހަ ކުޅިވަރަކުން ވާދަކުރާނެ އެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ޓެނިސް، ސްވިމިން، ޓޭބަލް ޓެނިސް، ވޮލީބޯޅަ އަދި ކައިޓް ސާފިން އެވެ.
އައިއޯއައިޖީގައި ދިވެހި ދިދަ އުފުލާ އެތުލީޓަކަށް ގައުމީ ބާސްކެޓް ޓީމުގެ އަހުމަދު ޒަބީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ