ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުމާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ތަހުނިޔާ ފޮނުއްވައިފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި އަންހެނުން ހަރަކާތްތެރިވާން ފެށިތާ 30 އަހަރު ފުރިފައިވަނީ އިއްޔެއެވެ.
ސިފައިންގެ ޚިދުމަތުގައި އަންހެނުން ބައިވެރިކުރުވަން ފަށާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި، އަދި ސިފައިންގެ އެންމެ އިސްވެރިޔާގެ މަގާމުގައި ރައީސް މައުމޫން ހުންނެވި ދުވަސްވަރުއެވެ.
ރައީސް މައުމޫން ވަނީ ދިވެހި އަންހެން ސިފައިންނަށް އައްސަރިހަބާއި ސާބަސް ރައްދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ދުވަހުގެ ތަހުނިޔާ ގައުމީ ދިފާއީ ބާރުގައި މަަސައްކަތްކުރައްވާ ހުރިހާ ކަނބަލުންނަށް އަރިސްކުރައްވާފައެވެ.
ރައީސް މައުމޫން ވަނީ ދިވެހި ސިފައިންގެ ޚިދުމަތަށް ކުރިއެރުމަށްވެސް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
އެމްއެންޑީއެފުން ބުނީ އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާކަމަށެވެ. އެެގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އަންހެން ސިފައިންނާއި ސިފައިންގެ އާއިލާތަކުން ބައިވެރިވެގެން އިއްޔެ ކަޅުތުއްކަލާކޮށީގައި ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މީގެ އިތުރަށް އާންމުކޮށް ހުޅުވާލައިގެން، ބަޑިބޭހުގެ ހާއްސަ ކުޅިވަރުތަކެއް ސެނަހިޔަ ހޮސްޕިޓަލް ކުރިމަތީ އޮންނަ ހުސް ބިން ސަރަހައްދުގައި ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިމަހު 22 ވަނަ ދުވަހު ރޫޓު މާޗެއް ބޭއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.
އަންހެން ސިފައިންގެ ޚިދުމަތް ދިވެހި އަސްކަރިއްޔާގައި އުފެދިގެންދިޔައީ 65 އަންހެން ސިފައިންނާއެކު 1989 މާޗު 1 ވަނަ ދުވަހުއެވެ.
އަންހެން ސިފައިނަށް އައްސަރިބަހާއި ސާބަަސް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ