ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެމަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، މާޗް 13، 2015 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ، އެ މަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާ ހިލާފަށް ހައްޔަރުކޮށްގެން، ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި ގެންގުޅުނު މައްސަލައިގަ އެވެ.
އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެއަށް، ޖެނުއަރީ 16، 2012ގެ ރޭ އިރާކޮޅު ސިފައިން ވަދެ އޭނާ ގަދަކަމުން ހައްޔަރުކޮށް ގިރިފުއްޓަށް ގެންގޮސް ފޮރުވި ކަމަށް ބުނެ، ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އިއްވި ހުކުމް މުރާޖައާކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޖީ އޮފީހުންނެވެ.
ސުޕްރީމް ކޯޓުން ނަޝީދުގެ ޖަލު ހުކުމް ބާތިލް ކުރިއިރު، ސުޕްރީމް ކޯޓާއި ހައި ކޯޓުން ވެސް އޮތީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.
ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ މާ ގިނަ ދުވަހެއްނުކޮށް، ބޭހަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުން، އެނބުރި ވަޑައިނުގެން އުޅުއްވީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތީ، ރިޔާސީ އިންތިހާބުން ކުރީގެ ރައީސް ޔާމީން ބަލިވެވަޑައިގަތުމުން، މި މަހު 1 ގަ އެވެ.
އިތުރު ތަފްސީލް އަންނަނީ....
ނަޝީދުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ