އަންނަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ ޓިކެޓް އިބްރާހިމް ރަޝީދު (ބޮންޑޭ)އަށް ލިބިވަޑައިގެންފިއެވެ.
ބޮންޑޭއަށް މި ޓިކެޓް ލިބިވަޑައިގެންފައިވަނީ މިއަދު ބޭއްވި އެމްޑީީޕީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވުމާއި އެކުގައެވެ.
އިބްރާހިމް ރަޝީދަށް ލިބިވަޑައިގެންފައިވާ ވޯޓުގެ އަދަދަކީ 250 ވޯޓެވެ. މި ޕްރައިމަރީގައި ޖުމްލަ ފަސް ބޭފުޅުން ވާދަކުރައްވާފައިވާއިރު، އެބޭފުޅާއާއި އެންމެ ގާތުން ވާދަކުރެއްވީ މުހައްމަދު އައިމަން އާދަމްއެވެ. އައިމަންއަށް ލިބިވަޑައިގެންނެވީ 147ވޯޓެވެ.
ބޮންޑޭއަކީ އެމްޑީޕީގެ އިސް ހަރަކާތްެތެރިއެކެވެ. އެބޭފުޅާ މީގެ ކުރިންވަނީ މާފަންނު ދެކުުނު ދާއިރާގެ މަޖިލިސް މެންބަރުކަންވެސް އަދާކުރައްވާފައެވެ.
މާފަންނު މެދު ދާއިރާގެ ޓިކެޓް ބޮންޑޭއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ