ބެސްޓް ބަޑީ ކައުންސިލް ފުޓްސަލް ފިއެސްތާ 2018: މުބާރާތުގެ ފުރަތަމަ މެޗުގައި ތަންގަނޑު އަދި އައިވެންޓަސް

ބެސްޓް ބަޑީ ކައުންސިލް ފުޓްސަލް ފިއެސްތާ 2018ގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
 
ރޭ 8:30ގައި މީދޫ އަންހެނުންގެ އިޖްތިމާޢީ މަރުކަޒުގައި ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގައި ގުރުނެންގެވީ މީދޫގެ ކުރީގެ ދެ ފުޓުބޯޅަ ކުޅުންތެރިންކަމަށްވާ ރ. މީދޫ ފެންފިޔާޒުގޭ ޢަބްދުﷲ ޝަރީފާއި ރ. މީދޫ ސާދީވިލާ ޤާސިމް ސަޢީދެވެ. 
 
މުބާރާތުގައި ޖުމްލަ 7 ޓީމު ބައިވެރިވިއިރު ޓީމުތައް ބަހާލީ ދެ ގްރޫޕަކަށެވެ. އެގޮތުން ގްރޫޕް އޭގައި 4 ޓީމު އަދި ގްރޫޕ ބީގައި ހިމެނެނީ 3 ޓީމެވެ. 
މުބާރާތުގެ ފުރަތަމަ މެޗް 16 ނޮވެމްބަރު 2018 ވާ ހުކުރު ދުވަހު ހަވީރު 16:30ގައި އޮންނައިރު މިމެޗުގައި ބައްދަލުކުރާނީ ތަންގަނޑު އެފްސީ އަދި އައިވެންޓަސްއެވެ. 
 
ދެ ގްރޫޕުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ 2 ޓީމު ސެމީފައިނަލުގައި ކުޅޭއިރު މުބާރާތުގެ ފައިނަލްމެޗު އޮންނާނީ 24 ނޮވެމްބަރު 2018 ވާ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. 
 
މިއީ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ބަޑީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ