ސްރީލަންކާގައި 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު އެގައުމުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެއެވެ.
ބަޖެޓް ހުށަހެޅުން އޮތީ މިއަދު، ލަންކާ ގަޑިން ހަވީރު ތިނެއް ޖަހާއިރުއެވެ. ބަޖެޓް ހުށައަޅާ ދެއްވާނީ ލަންކާގެ ފިނޭންސް މިނިސްޓަރު މަންގަލާ ސަމަރަވީރާއެވެ.
އަންނަ އަހަރު، އެކިއެކި މަޝްރޫތަކަށާއި އެހެނިހެން ކަންކަމަށް 3،982 ބިލިއަން ސްރީލަންކަން ރުޕީސް (25 ބިލިއަން ޑޮލަރު) ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ މިންވަރަކީ 2016 ވަނަ އަހަރަށްވުރެ 46 އިންސައްތަ އިތުރުވުމެކެވެ.
އަންނަ އަހަރު، 2.175 ބިލިއަން ސްރީލަންކަން ރުޕީސް (14.1 ބިލިއަން ޑޮލަރު) އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ލަންކާގެ ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހެޅުމުން ބަޖެޓާއި ބެހޭ ގޮތުން ބަހުސް ކުރުން މާދަމާ އިން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ކޮމެޓީން ބަޖެޓާއި މެދު ގޮތެއް ނިންމުމަށް ބަހުސްކުރުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެކަމަށް ލަންކާގެ ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.
ލަންކާގެ 2018 އަށް ލަފާކުރާ ބަޖެޓް މިއަދު ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ