މެމްބަރު ފަލާހު މާލެއިން ގޯއްޗެއް ބައްލަވައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މާލެއިން ގޯއްޗެއް ބައްލަވައިގެންފި އެވެ.
މ. އަލްހަދީދު ނަމަކަށް ކިޔާ 1،000 އަކަފޫޓުގެ މި ގޯތި ފަލާހު ބައްލަވައިގަތީ ހަތަރު މިލިޔަން ރުފިޔާއަށެވެ.
އެ ގޯއްޗާ ގުޅޭގޮތުން ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ގޯތި ގަތުމަށް ފަލާހު ކުރެއްވި ވިޔަފާރި ސައްހަ ކަމަށާއި ގޯތީގެ އަގަށްވާ ފައިސާ، އޭނާ ދައްކަވައި ހަލާސްކޮށްފައިވާތީ އެތަން އޭނާއަށް މިލްކުވެފައިވާ ކަމަށެވެ.
ފަލާހު ބައްލަވައިގަތީ، މާލޭ ދަފުތަރު ނަމްބަރު 1458 އަހުމަދު ރަޝީދުގެ މައްޗަށް ރަޖިސްޓްރީކޮށްފައިވާ ގޯއްޗެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ