އިންތިހާބުގައި ވާދަކުރުމަށް އުމަރު ޖޭޕީން ވަކިވެއްޖެ

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި އުމަރު މިއަދު ވިދާޅުވީ އޭނާ އެ ޕާޓީން ވަކިވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރެވެ. އެހެންކަމުން އެ ފުރުސަތު ލިބޭނީ މިހާރު ޖަލު ހުކުމެއްގައި ހުންނެވި ގާސިމް އިބްރާހިމަށެވެ.
ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީ ގުޅި، ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ އިރު އުމަރު އަންނަނީ އެމްޑީޕީ އަށް ވިދާޅުވަމުންނެވެ. އެކަމާ ގުޅިގެން އެމްޑީޕީން ވެސް އަންނަނީ އުމަރަށް ރައްދު ދެމުންނެވެ.
Umar MDP aa vai ves elhuna nudheynan: Hassan Latheef
Mihaaru
އެމްޑީޕީން އުމަރަށް ފާޑުކިޔުން--އިދިކޮޅު ކޯލިޝަނަށް ކެންޑިޑޭޓެއް ނުދެއްކުނު ކަމަށް ވިދާޅުވެ އުމަރު ވަނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުން 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ބަލިވި އުމަރު، ފަހުން ގުޅިވަޑައިގަތީ ޕީޕީއެމާ އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރައްވައި އުމަރު ވަނީ ބަލިވެފަ އެވެ.
Umar ge vaudhu: Boahiyaavahikamah aharaku 3 Billion Rufiyaa
Mihaaru
އުމަރުގެ ފުރަތަމަ ވައުދު އިއުލާންކުރުން--އެ ޕްރައިމަރީން އޭނާ ބަލިވުމުން އުފެދުނު ދެބަސްވުންތަކުގައި ޕީޕީއެމުން ވަކިކުރުމުން އޭނާ ދެން ތާއީދު ކުރައްވަން ފެއްޓެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ.
ރައީސް ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި އެކުލަވައިލި ސަރުކާރުގައި އުމަރަށް ހޯމް މިނިސްޓަރުކަން ދެއްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ