އުސްފަސްގަނޑު ސަރުކާރާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ފުލުހުން އުސްފަސްގަނޑުގައި ހަރަކާތްތެރިވަނީ | ދިއިސްލާމް ފޮޓޯ: އަޝްވާގު7 ދުވަހުގެ ތެރޭގައި އުސްފަސްގަނޑު ސަރަހައްދު ސަރުކާރާ ހަވާލުކުރުމަށް ސިޓީ ކައުންސިލަށް އަންގައި ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އުސްފަސްގަނޑު ސަރަހައްދަކީ ސަރުކާރާއި ކައުންސިލާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހަވާލުކުރެވިފައިވާ ތަނެއްކަން އެނގޭ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން އެތަން ބޭނުންކުރަމުންދަނީ ސަރުކާރުން ކަނޑައަޅާފައިވާ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ކަމަށާއި އެތަން އެހެން އެއްވެސް ފަރާތަކަށް ދޫކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންނުވާ ކަމަށެވެ. އަދި ސަރުކާރުން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ތަންތަނުގެ ދަފްތަރުން އެ ބިން އުނިކޮށް އެ ބިން ސަރުކާރަށް ނެގުމަށް ހައުސިން މިނިސްޓްރީން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.7 ދުވަހުގެ ތެރޭގައި އުސްފަސްގަނޑު ސަރަހައްދު ސަރުކާރާ ހަވާލުކުރުމަށް ކޯޓުން ހުކުމްކޮށްފައިވާއިރު ދަރުބާރުގެ އާއި އާޓިފިޝަލް ބީޗް ހޯދުމަށް ވެސް ދައުލަތުން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ