ރައީސް ޞާލިޙަށް ދެން ވެރިކަމަށް އަންނަން ލާހިކެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި: ރޮޒެއިނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެން ދިވެހިރާއްޖޭގެ ވެރިކަން ކުރައްވަން ލާހިކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހްގެ މައްޗަށް ރައީސް ނަޝީދު ކުރައްވާފައިވާ ތުހުމަތުތަކާއި ގުޅިގެން "ވީނިއުސް" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މެމްބަރު ރޮޒެއިނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވައިގެން އިސްލާމީ މުޖުތަމައުއެއްގައި ދައްކަން ނުޖެހޭ ވާހަކަދެއްކުމަކީ އެމްޑީޕީގެ ގިނަ މެމްބަރުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި ރައީސް ނަޝީދު މަސައްކަތްކުރައްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް ސާލިހްގެ އަގުވައްޓާލަން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އަދި ރައީސް ސާލިހްއަށް ދެން މިގައުމުގެ ވެރިކަމަށް އަންނަން ލާހިކެއް ނޫން ކަމަށް މަޖިލީހުގެ ސައިކޮޓަރި ތެރޭ ރައީސް ނަޝީދު ވިދާޅުވިކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ރައީސް ސާލިހް އަންހެނަކާއެކު ބަދުއަޚުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، މެމްބަރު ރޮޒެއިނާ ވަނީ ރައީސް ސާލިހް ދިފާއު ކުރައްވައި، އެވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން، ރައީސް ނަޝީދު އަތްޕުޅުގައި ހުރިކަމަށް ބުނާ ފޮޓޯތައް ނުލެއްވިގެން އުޅެނީ އެފަދަ ފޮޓޯއެއް ނެތީމައިކަމަށެވެ. އަދި، ފޮޓޯތައް ލާށޭ ބުނުމުން ރައީސް ނަޝީދަށް އެ ފޮޓޯތައް ލާން ނުކެރިގެން އުޅެނީ ކީއްވެތޯ މެމްބަރު ވަނީ ރައީސް ނަޝީދު ކުރެން އައްސަވާފައެވެ.
އަދި، ރައީސް ނަޝީދު ހައްދަވާ އިތުރުފުޅު ނޭނގޭ މީހެއް މި ގައުމަކު ނެތްކަމަށާއި، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ކޮއްކޯފުޅު ހައްޔަރުކުރުމުން އެހެން މީހުންނަށް ނުރުހުން އަމާޒުކުރައްވަނީ ކީއްވެތޯވެސް ރޮޒެއިނާ ވަނީ އައްސަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ