ކަރަންޓް ސާމާނުތަކެއް ވަގަށް ނެގި ބަޔަކު ފުވައްމުލަކުން ހައްޔަރުކޮށްފި

ޏ. ފުވައްމުލަކު ގެއަކުން ކަރަންޓް ސާމާނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެރަށު ދޫޑިގަމު ގެއެއްގެ ގުދަނެއްގައި ހުރި ކަރަންޓް ސާމާނުތަކެއް ވަގަށް ނަގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރު ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެގުދަނުން ވަގަށް ނެގި ސާމާނުގެ ތެރެއިން ހަތަރު އެއްޗެއް މިހާރު ފެނިފައިވާ ކަމަށެވެ.
ކަރަންޓް ސާމާނުތަކެއް ބަޔަކު ވަގަށް ގެންގޮސްފައި މިވަނީ ފުވައްމުލަކުގައި ބޮޑެތި ވައްކަން ކުރުން ވަރަށް ބޮޑަށް މަދުވެފައި އޮތުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ