ވޭމަންޑު އަށް ކަރަންޓު ދީފި

އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ތ. ވޭމަންޑޫ އަށް ކަރަންޓު ދީފި އެވެ. ވޭމަންޑޫ އިންޖީނު ގޭގައި މި މަހުގެ 24 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެރަށުން ކަރަންޓު ކެނޑިފައިވުމާއެކު، ރަށަށް ކަރަންޓު ދިނުމަށް އިއްޔެ ހެނދުނު ވަނީ ގުރައިދޫ އިން ޖެނެރޭޓަރު ސެޓެއް ގެންގޮސްފަ އެވެ. ވޭމަންޑޫއަށް ގެންދިޔައީ 360 ކިލޯ ވޯޓްގެ ޖެންސެޓެކެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ އެރަށަށް ދިމާވި މައްސަލަ ހައްލުކޮށް، ރޭ 23:40 ގައި ރަށަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެ ރަށުން ކަރަންޓު ކެނޑުނީ ބުދަ ދުވަހުގެ މެންދުރު އެވެ. އާބާދީީގައި 1،100 އަށްވުރެ ގިނަ މީހުން އުޅޭ ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ ތިން ޖަނަރޭޓު ސެޓުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ