ޝަރުތުތަކަކާ އެކު ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލުގެ ކުޑަ ގޮޅިން ސަލާމަތްވުމަކީ ލިބިވަޑައިގެންނެވި ހިތްވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި 19 ދުވަސް ވަންދެން ޖަލުގައި ބެހެއްޓުމަށް ފަހު ކޯޓުން އިއްޔެ ގާސިމް ދޫކޮށްލީ ހަތް ޝަރުތެއް ކުރުމަށް ފަހު އެވެ. އޭނާ ދޫކޮށްލީ އެންމެ ފަހުން އިތުރުކޮށްދިން ހަތަރު ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ.
އެންމެ ފުރަތަމަ އިތުރުކޮށްދިން 15 ދުވަހުގެ މުއްދަތަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގާސިމް ސަލާމަތްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.
ގާސިމް ހައްޔަރުކުރުމާ އެކު އޭނާ މިނިވަންކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ގާސިމްގެ މައްޗަށް ކުރި ހަތް ޝަރުތު
1- ތަހުގީގަށް އެއްބާރުލުން ދެއްވުން
2- ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރާއްޖޭން ބޭރަށް ވަޑައިނުގަތުން
3- މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ދައްކާ މީހުންނާއެކު ބައްދަލުވުންތައް ނުބޭއްވުން
4- ހެކި ގެއްލިދާނެ ފަދަ އެއްވެސް ކަމެއް، ހެއްކަށް ނުފޫޒު ފޯރުވާ ފަދަ ކަމެއް ނުކުރެއްވުން
5- މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އާއި ހަމަނުޖެހުން އުފެދޭ ވާހަކަތައް ނުދެއްކެވުން
6- ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުން
7- ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭ ގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުން
BREAKING: Gasim dhookollaifi | Mihaaru
Mihaaru
ގާސިމް ދެއްކެވި ހިތްވަރަށް ސެލިއުޓްކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފަ އެވެ. މައުމޫން ވިދާޅުވީ ހިތްޕުޅަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިވަޑައިގެންފައިވާ ކަމަށާއި ގާސިމަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ހައްޔަރުކުރީ އިދިކޮޅު ފަރާތްތަކާ ގުޅިގެން އިސްލާހީ މަސައްކަތްތަކެއް ފަށާފައިވަނިކޮންނެވެ. އެ މަސައްކަތްތަކުގައި ކުރީގެ ދެ ރައީސުންނާއި މި ސަރުކާރުގެ އިސް މަގާމުތައް އަދާކުރެއްވި ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ގާސިމް ދޫކޮށްލަން އަމުރު ކުރިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ދައުވާކޮށް، ޝަރީއަތް ވަނީ ފަށައިފަ އެވެ. އެ މައްސަލާގައި ތިން ދައުވާއެއް ގާސިިމަށް ކުރެ އެވެ.
ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ބޮޑެތި ޝަރުތުތަކާ އެކު، އިދިކޮޅު ކޯލިޝަނުން ވަނީ ގާސިމްގެ މިލްކުވެރިކަން އޮންނަ ކުނޫޒުގައި ޖަލްސާތައް ބޭއްވުން ހުއްޓާލައިފަ އެވެ. ރެއިން ފެށިގެން އިދިކޮޅު ފަރާތްތަކުގެ ޖަލްސާތައް ދެން ބާއްވާނީ އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ އެމްޑީޕީ ހަރުގޭގަ އެވެ.
ޝަރުތުތަކާ އެކު ނަމަވެސް ގާސިމް ދޫކޮށްލުމަކީ ހިތްވަރެއް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ