ބެސްޓް ބަޑީ ކައުންސިލް ފުޓްސަލް ފިއެސްތާ 2018: މުބާރާތުގެ ޗެމްޕިޔަންކަން ތަންގަނޑު އެފްސީ ހޯދައިފި

ރ.މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ބެސްޓް ބަޑީ ކައުންސިލް ފުޓްސަލް ފިއެސްތާގެ ޗެމްޕިޔަންކަން ތަންގަނޑު އެފްސީ ހޯދައިފިއެވެ.  ތަންގަނޑު އެފްސީ މި މުބާރާތް  ކާމިޔާބުކުރީ  ހޮނިހިރު ދުވަހުގެރޭ ކުޅެވުނު ފައިނަލް މެޗުގައި ގާގަނޑު އެފްސީއާ ވާދަކޮށް 4-0 ގެ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.
 ދެ ޓީމިގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށް ތަންގަނޑު އެފްސީއަށް ލީޑު ނަގައި ދިނީ އަހުމަދު އާސިފް (އޮއިއްޓޭ) އެވެ. އޮއިއްޓޭވަނީ  މިމެޗުގައި  ތަންގަނޑުގެ  އިތުރު  ލަނޑެއްވެސް  ކާމިޔާބުކޮށްދީފައެވެ.  ތަންގަނޑު  އެފްސީގެ  އަނެއް  ދެލަނޑު  ކާމިޔާބުކުރީ  އާތިފް ޒާހިރު އަދި މާލިކު އަބްދުލް ޣަފޫރެވެ. 
މި  މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާށް ހޮވުނީ ތަންގަޑު އެފްސީގެ ޖޯޒީ ނަންބަރު 19 ރިސްވާން އަހުމަދެވެ.
ތަންގަނޑު އެފްސީ މި މުބާރާތް ކާމިޔާބު ކުރި އިރު  މިއަހަރު  ކުރީކޮޅު  މީދޫ  އެކުވެރި  ކުލަބުން  ބޭއްވި  ފުޓްސަލް  މުބާރާތްވެސް  ކާމިޔާބުކުރީ ތަންގަނޑު އެފް.ސީ އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ