ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫއްޕު ލީދަރު އަބްދުﷲ ރިޔާޒު ކަމަށް ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒަށް ލިބިލެއްވީ ކުރިން އެމަގާމު އޮތް އެމްޑީޕީން މަޖިލީހުގެ ފަސް މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ޖޭޕީއަށް އަލަށް ގިނަ މެމްބަރުންތަކެއް ގުޅިވަޑައިގެންނެވުމާއި އެޕާޓީގެ މެމްބަރުންގެ އަދަދަކީ 22 އެވެ. އެމްޑީޕީގައި ތިއްބެވީ 17 މެމްބަރުންނެވެ. މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތް ޕީޕީއެމްގައި 30 މެމްބަރަކު އެބަތިއްބެވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ނަމުގައި 30 މެމްބަރަކު ތިއްބެވުި ނަމަވެސް އޭގެ ތެރެއިން ބައެއް މެމްބަރުންނާއި ޕާޓީއާއި ގުޅުމެއް ނެތެވެ.
އަބްދުﷲ ރިޔާޒަށް މައިނޯރިޓީ ލީޑަރުކަން ލިބިލެއްވިއިރު، ކޯލިޝަނުގެ ޖޮއިންޓް ޕާލަމެންޓަރީ ގުރޫޕު ލީޑަރަކަށްވެސް ރިޔާޒު ވަނީ އަންޔަން ކުރައްވާފައެވެ.
މައިނޯރިޓީ ލީޑަރަކަށް އަބްދުﷲ ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ