ޖުމްހުރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމްގެ މައްޗަށް އިއްވާފައިވާ ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމް ހައި ކޯޓުން ބާޠިލް ކޮށްފިއެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމް ބާޠިލް ކޮށްފައިވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާއި ގުޅިގެން މިއަދު ބޭއްވި ހައިކޯޓުގެ ޝަރީއަތުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ހުކުމް ބާޠިލް ކުރިއިރު ގާސިމް ހުންނެވީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ. ސެޕްޓެމްބަރ 30 ވަނަ ދުވަހު ގާސިމް ހައިކޯޓުން ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވަނީ ޝަރުޠު ތަކަކާއިއެކުއެވެ. މިނިވަންވުމާއި އެކު ގާސިމް ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ގާސިމް އިބްރާހީމް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އޭނާގެ މައްޗަށް ހުށަހެޅި ރިޝްވަތު ދިނުމުގެ ކުށް ސާބިތު ވުމާއި ގުޅިގެން 2017 އޮގަސްޓު 25 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގަ އެމަނިކުފާނު އާލާސްކަންފުޅާ އައިޖީއެމްއެޗްގައި އެޑްމިޓް ކުރައްވާފައި އޮންނަވަނިކޮށެވެ. ޤާސިމްގެ މައްޗަށް އިއްވާފައި ވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ގާސިމުގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުލަތުން އެދައުވާ ކޯޓަށް ހުށަހެޅުމުން ސާބިތު ނުވާ ކަމަށް ފުރަތަމަ ނިންމި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ބައެއް ފަނޑިޔާރުން އެހެން ކޯޓަކަށް ބަދަލުކުރުމަށްފަހު އޭރު ކްރިމިނަލް ކޯޓު ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އާދަމް އާރިފް ދެވަނަ ފަހަރަށް އެ މައްސަލަ ބައްލަވާ އިއްވި ހުކުމްގަ އެވެ.
ގާސިމް އިބްރާހިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން ސަލާމަތްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ