ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރިކަމަށް ބުނާ މައްސަލައިގައި ޖަލަށް ލި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ކްރިމިނަލް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
މުހުތާޒްގެ މައްޗަށް ކުރި ދެ ދައުވާއަކާއި ނިހާންގެ މައްޗަށް ކުރި ތިން ދައުވާ ބާތިލު ކުރި ނަމަވެސް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ، މުހުތާޒާއި ނިހާން ގެންދަވަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އޭގެ ތެރެއިން، ނިހާންގެ މައްޗަށް ކުރި ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ވަނީ ނިންމާލައިފައެވެ. މުހުތާޒަށް ކުރި ދައުވާތަކުގެ ތެރެއިން ބާތިލު ކުރީ، ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާއެވެ.
ނިހާނަށް ކުރި ދައުވާގެ ތެރެއިން ބާތިލު ކުރީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.
މުހުތާޒު އާއި ގާޒީ ނިހާންގެ މައްޗަށް ދައުލަތުންކުރި ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ