މެމްބަރު އިންތި އެވެ. މިއޮތީ އިންތި ކުރެއްވި ޓްވީޓަށް ހެޔޮވަރު ރައްދެކެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ އެވެ. ޓްވިޓާގައި މަނިކުފާނަކީ މަގްބޫލު ބޭފުޅެކެވެ. 40 ހާހަށްވުރެ ގިނަ ފޮލޯވާސް ތިބުމަކީ ސޯޝަލް މީޑިއާގައި މަނިކުފާނު މަގުބޫލު ކަމުގެ ހެއްކަކަށް ފުދެ އެވެ.
އިއްޒަތްތެރި މެމްބަރު އެވެ. 22 ޑިސެމްބަރު 2017ގެ މެންދުރުފަހު 03:48ގައި މަނިކުފާނު ކުރެއްވި ޓްވީޓެއް ތިރީގައި ނަކަލު ކޮށްލާނަމެވެ.
———–
ކާފަރު ހުޅަނގުގެ ޑިމޮކްރަސީ:
އިސްލާމީ ރާއްޖެ:
———–
މަނިކުފާނުގެ މި ޓްވީޓަށް ބޮޑު މަގުބޫލުކަމެއް އެވަނީ ލިބިފައި އެވެ. 100 އަށްވުރެ ގިނަ މީހުން ރީ ޓްވީޓް ކޮށްފައިވާއިރު 100 އަށްވުރެ ގިނަ ލައިކްސްވެސް ލިބިފައި ވެ އެވެ. 20 އަށްވުރެ ގިނަ ކޮމެންޓް ވެސް ލިބިފައި ވެ އެވެ. ޓްވީޓަށް ލިބުނު ތަރުހީބަށް މަނިކުފާނަށް “ކޮންގްރާ” އެވެ.
ދެން މިއޮތީ މަނިކުފާނުގެ، މަގްބޫލު އެ ޓްވީޓަށް ސޯޝަލް މީޑިއާ ޕްލޭޓްފޯމް، ފޭސްބުކްގައި، ހުޅަނގުގެ ޑިމޮކްރަސީއާއި ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރަމުން އަންނަ، އަދި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަންގެ ނައިބު ރައީސް މިދުއަމް ސައުދު، އިންތިގެ ޓްވީޓަށް ދެއްވާފައިވާ ރައްދެކެވެ.
އިންތި ވިދާޅުވެފައިވަނީ ޑިމޮކްރަސީގައި ވަގަކަށް ވެރިކަމުގައި ނުހުރެވޭނެ ކަމަށެވެ. މިދުއަމްގެ ރައްދަކީ:
ހުޅަނގުގެ ޑިމޮކްރަސީއަކީ ވަގުންނާއި، ވިޔަފާރި ވެރިންނާއި، ކުށެއް ނެތް މީހުން މެރުމުގެ ފަހުލަވާނުންގެ އެއްޗެއް.
އިންތި ވިދާޅުވެފައިވަނީ ޑިމޮކްރަސީގައި ކޯޓުން އިންސާފު ލިބޭނެ ކަމަށެވެ. މިދުއަމްގެ ރައްދަކީ:
އިންތި ވިދާޅުވެފައިވަނީ ޑިމޮކްރަސީގައި އިންސާނީ، މާއްދީ، ސިޔާސީ ހައްގު ފުޅާކޮށް ލިބޭ ކަމަށެވެ. މިދުއަމްގެ ރައްދަކީ:
އިންތި ވިދާޅުވެފައިވަނީ ޑިމޮކްރަސީގައި ރައްޔިތުން ތަނަވަސް ވާނެ ކަމަށެވެ. މިދުއަމްގެ ރައްދަކީ:
“ދުނިޔޭގެ 123 ޑިމޮކްރަޓިކް ގައުމު އޮތް އިރު އެތަނުން ކިތައް ގައުމުތޯ ތިވިދާޅުވާ އުސޫލުން ހިނގަނީ، ހުޅަނގުގެ ޑިމޮކްރަސީއޭ ވިދާޅުވެލައްވާއިރު އީޔޫގައި ޑިމޮކްރަޓިކް އުސޫލު ހިނގާތޯ؟ ސާދަ ގައުމާއި ދެކޮޅަށް އދ ގައި އެންމެ އެމެރިކާއަކުން ފަލަސްތީނު ވީޓޯ ކުރީ ތިދަންނަވާ ޑިމޮކްރަސީ ތެރެއިންތޯ؟ ޗައިނާ ކުރިއަރައިގެންދަނީ ޑިމޮކްރަސީއާއި ހެދިތޯ؟ އިންޑިއާ މިއޮތް ހުރިހާ ދުވަހު ޑިމޮކްރަސީ ވިއަސސް ކުރިނާރާ އޮވެ، މިއަދު ހަލުވި ކަމާއިއެކު ކުރިއަރަނީ ޑިމޮކްރަސީއާއި ހެދިތޯ ނޫނީވިއްޔާ މޮޑީގެ ސިޔާސަތާ ހެދިތޯ؟ ހުޅަނގުގެ ޑިމޮކްރަސީއަށް ސަނާ ކިޔާނެ ޖާގައެއް ހުއްޖަތެއް ނެތެވެ” މިދުއަމް އޭނާގެ ފޭސްބުކް ޕޯސްޓްގައި އިތުރަށް ލިޔެފައި ވެ އެވެ.
———
މެމްބަރު އިމްތިޔާޒް ފަހުމީ އަކީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް އަދި ސިޔާސީ ޕޯޑިއަމްގައްޔާއި ސޯޝަލް މީޑިއާގައިވެސް ފިސާރި ދޫހެލޭ ބޭފުޅެއް ކަމާއިމެދު ޝައްކެއް ނެތެވެ. މަނިކުފާނު އެވެ. މިދުއަމްގެ ރައްދަށް ރައްދެއް ނުދެއްވާނަންތޯ އެވެ. !؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ