ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދީފި

މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ސަބްސްޓޭޝަން ފޮއްޓެއްގައި ރޯކޮށްލުމާއި ގުޅިގެން ކަރަންޓު ކެނޑުނު ސަރަހައްދުތަަކަށް މިހާރު ކަރަންޓުދޭން ފަށާފައިވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ މާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަަށް އަލުން ކަރަންޓް ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.
އަލިފާން ރޯކޮށްލާފައިވަނީ ފާށަނާކިލޭފާނު މަގުގައި ހުންނަ އެކުންފުނީގެ 50 ނަމްބަރު ސަބްސްޓޭޝަނުގައިކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ރޭ ފަތިހު 4:30 ހާއިރު ހިނގި އެހާދިސާގައި ސަބްސްޓޭޝަން ފޮށި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
އެއީ ބަޔަކު ގަސްތުގައި ދިން ހަމަލާއެއްކަމަށް ބެލެވޭއިރު، އެހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ