ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދައުވާތަކާއި ގުޅޭ ލިޔުންތައް ހަވާލުކޮށްފައެވެ.
މިއަދު ހެނދުނު 10:00 ޖެހިއިރު ދައުވާތަކާއި ގުޅޭ ލިޔުންތައް ހަވާލުކުރުމަށް ކްރިމިނަލް ކޯޓަށް ގާސިމް ހާޒިރުކުރިއިރު، އެކަމާއި ގުޅޭ ޝަރީއަތްތައް ފަށާނެ ދުވަހެއް އަދި އަންގާފައެއް ނުވެއެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
މިއީ މިދައުވާތައް ގާސިމް އިބްރާހީމްގެ މައްޗަށް އުފުލުނު ދެވަނަ ފަހަރެވެ.
މީގެ ކުރިންވެސް އެ ދައުވާ އުފުލިއެވެ. އެހެން ނަމަވެސް އެންމެ ފަހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލު ކުރި ޝަރީއަތުގެ މަޖިލީހަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުނުވުމުން އެ މައްސަލަވަނީ ކޯޓުން ބޭރުކޮށްފައެވެ. ނަަމަވެސް އިއްޔެ އެ އެ މައްސަލަ ޕީޖީ އޮފީހުން ވަނީ އަލުން ކޯޓަށް ހުށަހަޅާފައެވެ.
ގާސިމް ކޯޓަށް ހާޒިރުކޮށް ދައުވާތަކާ ގުޅޭ ލިޔުންތައް ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ