ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތަށް، ގާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގަންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް ޖުލައި މަހުގެ 12 ވަނަ ދުވަހު އަލުން އެ ދައުވާތައް ކޯޓަށް ހުށަހަޅާއި، ޝަރީއަތް މިއަދު ފެށުމަށް ވަނީ އެޖެންޑާކޮށްފައެވެ.
މިއަދު ހެނދުނު 10:00 އަށް ގާސިމް ކޯޓަށް ހާޒިރުވުމަށް އަންގާ، ވަނީ ޗިޓު ފޮނުވާފައެވެ.
މި މަހުގެ 10 ވަނަ ދުވަހު ގާސިމްގެ މައްޗަށް ކުރާ ދައުވާތައް ކޯޓުން ބޭރުކޮށްލީ މައްސަލާގައި ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރުވެވަޑައި ނުގެންނެވުމުނެނެވެ.
މައްސަލަ ބޭރުކޮށްލުމަށްފަހު ފަނޑިޔާރުން ވިދާޅުވީ މައްސަލަ ކޯޓުން ބޭރުކޮށްލި ނަމަވެސް އަލުން ދައުލަތުން މައްސަލަ ހުށައެޅުމަށް ބޭނުންނަމަ އެ ފުރުސަތު ދައުލަތަށް އޮންނާނެ ކަމުގައެވެ.
ގާސިމް އިބްރާހިމްގެ މައްޗަށް ތިން ދައުވާ އެއް ކުރެއެވެ. އެއީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. އެ ތިން ދައުވާވެސް އަލުން ކޯޓަށް ވައްދާފައި މިވަނީ މި ދައުވަތައް ދެން ކޯޓަށް ނުވެއްދޭނެކަމަށް ގާސިމްގެ ވަކީލުން ވިދާޅުވެފައި ވަނިކޮށެވެ.
ޕީޖީ އޮފީހުން ގާސިމް މައްސަލަތައް ކޯޓުން އަނބުރާ ފޮނުވާލީ އަޑުއެހުން ޖެހިގެން އޮތް ދުވަހަށް ފަސްކޮށްދޭން އެ އޮފީހުން ކްރިމިނަލް ކޯޓްގައޮ އެދިފައި ވަނިކޮށް ކަމަށާއި އެ މައްސަލަތައް އަލުން ކޯޓަށް ފޮނުވީ ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ.
މި މައްސަލަތަކާއި ގުޅިގެން ގާސިމްވަނީ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށް 21 ދުވަސް ވަންދެން ޖަލުގައި ބާއްވާފައެވެ.
ގާސިމް ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ