ސަރުކާރު މުވައްޒޒަފުންގެ މުސާރަ ކުޑަކުރުމާއި މެދު ރީކޯ މޫސާ މަނިކް ސުވާލު އުފައްދައިފި

ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރުމަށް އަންގާފައި ސަރުކާރުގެ މުވައްޒަފުންގެ މުސާ ކުޑަ ކުރަނީ ކީއްވެތޯ ރީކޯ މޫސާ މަނިކް ސުވާލުކޮށްފިއެވެ.
ކުރީގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވަނީ ޓްވީޓެއް ކުރައްވާފައެވެ. މިޓްވީޓުގައި އެމަނިކުފާނު ވިދާޅުވަނީ އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރު ކުޑަ ނުކުރުމަށް ސަރުކާރުން ގޮވާލާ އިރު ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމާ ގުޅިގެން ވާނުވާ އޮޅުންފިލުވައި ވަޒީރުންގެ ބަސްފުޅެއް ވިދާޅުވުން ރަނގަޅުވާނެ ކަމަށެވެ.
 
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރު މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެއެމްޑީންނާއި ޑީއެމްޑީންގެ ގޮތުގައި ތިއްބެވި ފަރާތްތަކުގެ މުސާރަ ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށް ހާމަކޮށްފައެވެ.
20،000 ރުފިޔާއިން މަތިން މުސާރަ ލިބޭ ސަރުކާރު މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ނިންމާ، ޑެޕިއުޓީ މިނިސްޓަރުން ފެށިގެން ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރައިންނެވެ. ޑިރެކްޓަރުންގެ މުސާރައިން ކެޑޭނީ 33 ޕަސެންޓެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ