ބަހާލައިގެން ކަރަންޓު ބިލު ދައްކަން ހުޅުވާލައިފި

ކޯވިޑްގެ ހާލަތާއި ގުޅިގެން ކަރަންޓް ބިލްތައް ދެއްކުމުގައި ދަތިވެފައިވާ ފަަރާތްތަކަށް ބަހާލައިގެން ބިލް ދެއްކުމުގެ ފުރުސަތު ސްޓެލްކޯއިން ހަމަޖައްސާދީފިއެވެ.ސްޓެލްކޯއިން މިއަދު ބުނީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން މާލީ ހާލަތު ދަށްވެގެން ކަރަންޓު ބިލު ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކުން އެ ކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ކަމަށް އެދި އެކުންފުންޏަށް ހުށައަޅަންޖެހޭއިރު އެކަމަށް އެދޭ ފޯމް ކުންފުނީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އޮންލައިކޮށް ހުށައަޅަން ބޭނުންވާ ފަރާތްތަކުން https://stelco.com.mv/rpex މި ލިންކް މެދުވެރިކޮށް ހުށައެޅޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.ސްޓެލްކޯގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް މިކަމަށް އެދެވެ އެވެ. އަދި އަމީނީ މަގުގައި ހުންނަ ސްޓެލްކޯގެ މައި އިދާރާގެ ކައުންޓަރުން ވެސް އެ ފޯމު ލިބެ އެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އޮތީ މިއަދުން ފެށިގެން ދެ ހަފުތާއަށެވެ. ބަހާލައިގެން ބިލް ދައްކަން އެދޭ ކަސްޓަމަރުންނަށް ބިލް ދެއްކުމުގެ މުއްދަތު ކަނޑައަޅާނީ އެމީހެއްގެ ހާލަތަށް ބެލުމަށްފަހުކަމަށް ސްޓެލްކޯއިން ބުނެއެވެ.ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވެފައިވާކަމުގެ ޝަކުވާކުރަމުން ދަނިކޮށް އެ މަހުގެ ބިލުވެސް ސަބްސިޑައިޒްކޮށް، ބިލުން 40 ޕަސަންޓު ކަނޑާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.ސްޓެލްކޯއިން ބުނީ ސަބްސިޑީ ލިބޭނީ ހަމައެނަކި ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަމަށެވެ.ކޮވިޑާ ގުޅިގެން އޭޕްރީލް އަދި މެއިމަހުގެ ކަރަންޓު ބިލުންވެސް ވަނީ 40 ޕަސެންޓުގެ ޑިސްކައުންޓެއް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ