މި މަހުގެ ކަރަންޓު ބިލް ބޮޑުވާނެކަމަށް ލަފާ ކުރެވޭ: ސްޓެލްކޯ

މި ހިނގާ ޖުލައި މަހުގެ ކަރަންޓު ބިލް ބޮޑު ވާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.ސްޓެލްކޯއިން މިހެން ބުނެފައިވަނީ މިހާރު އެ ކުންފުނިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ސްޓެލްކޯއިން ހާމަ ކުރި ގޮތުގައި ކަރަންޓު ބިލް ކުޑަ ކުރެވޭނީ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ.މިދިޔަ ޖޫން މަހުގެ ކަރަންޓު ބިލް ވެސް ވަރަށް ބޮޑުވެގެން ރައްޔިތުން އިހުތިޖާޖު ކުރަން ތައްޔާރު ވަމުންދަނިކޮށް ސްޓެލްކޯ އިން ވަނީ ކަރަންޓުބިލުން ބައެއް އުނިކޮށްދީފައެވެ. ޖޫން މަހުގެ ކަރަންޓު ބިލް އައި އިރު މީހުން ނޫޅޭ އެޕާޓްމެންޓުތަކުގައި ވެސް ކަރަންޓު ބިލަށް އެތައް ހާސް ރުފިޔާއެއް އަރާފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ