ފޮޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް އަހުމަދު މުހައްމަދު (އަންޑޭ) މިއަދު ބަދަލުކުރައްވައިފި އެވެ.
އަންޑޭ މީގެކުރިން ހުންނެވީ މޯލްޑިވްސް ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގަ އެވެ.
ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް އަންޑޭ އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ ފެންވަރުގަ އެވެ. އަންޑޭ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރެއްވީ ވެސް ވަޒީރުންގެ ފެންވަރުގަ އެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަހްމަދު މުހައްމަދު ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހުގައެވެ.
މީގެއިތުރުން ރައީސް ޔާމީން މިއަދު ވަނީ މޯލްޑިވްސް ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ހެންވޭރު މާބަނޑޭރިއާގެ އަހުމަދު ޒުހޫރު އައްޔަންކުރައްވާފަ އެވެ.
ޒުހޫރަކީ ކުރިން އެސްޓީއޯގެ ހެޑް އޮފް ޕްރޮކިއުމަންޓްގެ މަގާމު އަދާ ކުރެއްވުމުގެ އިތުރަށް އޮސްޓްރޭލިއާގައި ލެކްޗަރާއެއްގެ މަގާމު އަދާ ކުރެއްވުމުގެ އިތުރަށް އިންޖީނިއަރިން ދާއިރާ އިން އޮސްޓްރޭލިއާގައި މާސްޓާސް ނަންގަވާފައިވާ ބޭފުޅެކެވެ
އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އަހުމަދު މުހައްމަދު ބަދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ