ޓްރީޓޮޕުން މޯޗަރީ އާއި އެމްބާމިންގެ ހިދުމަތް

ޓްރީޓޮޕް ހޮސްޕިޓަލުން މޯޗަރީ އާއި އެމްބާމިންގެ ޚިދުމަތްތައް ކާމިޔާބުކަމާއެކު ދެމުން އެބަ ގެންދެއެވެ. މި ޚިދުމަތްތަކަކީ މައްޔިތެއްގެ ހަށިގަނޑު ގައުމުން ބޭރަށް ފޮނުވަން ޖެހިއްޖެ ހާލަތެއްގައި، ހަށިގަނޑު ހަލާކު ނުވާނެހެން ރައްކާތެރި ކުރުމަށް ދެވޭ ޚިދުމަތެކެވެ. ރާއްޖެއަށް އަލަށް އެ ހޮސްޕިޓަލުން ތައާރަފުކުރި އެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 2019 ވަނަ އަހަރުގެ ޖޫން މަހެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްބާމިން ޚިދުމަތް ފޯރުކޮށްދޭ އަގުތައް: މައްޔިތާގެ ހަށިގަނޑަށް މާ ބޮޑު ބަދަލެއް އައިސްފައިނުވާނަމަ 5000 ޑޮލަރު މައްޔިތާގެ ހަށިގަނޑު ހަލާކުވާން ފަށާފައިވާނަމަ 6000 ޑޮލަރު ހަށިގަނޑު ވަޅުލުމުގެ ކުރިން ނުވަތަ ގައުމަށް ފޮނުވާލުމުގެ ކުރިން މޯޗަރީގައި ބަހައްޓާނަމަ ޚިދުމަތް ފޯރުކޮށްދޭ އަގުތައް: ފަތުރުވެރިންނަށް ދުވާލަކު 500 ޑޮލަރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ދުވާލަކު 250 ޑޮލަރު ދިވެހީންނަށް ދުވާލަކު 150 ޑޮލަރު މި ޚިދުމަތްތަކުގެ އިތުރުން، ޓްރީޓޮޕް ހޮސްޕިޓަލުން މައްޔިތާގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ދަތުރުފަތުރުގެ އިންތިޒާމާއި، ގާނޫނީ ކަންތައް ހަމަޖައްސައިދިނުމަށް އޭޖެންޓުން ބޭނުންވާނަމަ އެ އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބައިނަލްއަގުވާމީ ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން މި ޚިދުމަތް ފޯރުކޮށްދެނީ ދުނިޔޭގެ ފެންވަރުގެ ލައިސެންސް ލިބިފައިވާ، ކަމުގެ ތަޖުރިބާކާރުންގެ ޓީމަކުންނެވެ. އަދި މި ޚިދުމަތާ އެކު ބައިނަލްއަގުވާމީ ފެންވަރުގެ އެމްބާމްކުރެވިފައިވާކަމުގެ ސެޓްފިކެޓެއް ފޯރުކޮށްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ