މިއަދު އިރު
އެރިފަހުން، އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާއަށް ދެމުންގެންދާ
ހަމަލާތަކުގައި މިހާތަނަށް 20 މީހުން ޝަހީދުވެފައިވާ ކަމަށް، ޣައްޒާގެ މީޑިއާ
އޮފީހުން ބުނެފިއެވެ.
މީގެ ތެރެއިން 9
މީހުން ޝަހީދުވެފައިވަނީ ޣައްޒާގެ މެދުތެރޭ ނުސައިރަތު ރެފިއުޖީ ކޭމްޕްގެ
އިމާރާތްތަކަށް ބޮންއެޅުމުންނެވެ.
އިސްރާއީލުގެ ޓެރަރިސްޓު
ސިފައިން އެ ކޭމްޕްގެ އެތައް ގެއަކާއި އިމާރާތަކަށް ބޮންއަޅައި ބިމާހަމަކުރަމުންދާ
ކަމަށް ނޫސްވެރިންނާއި، މީޑިއާ އޮފީހުންވެސް ބުނެއެވެ.
ޣައްޒާގެ އުތުރުގެ
އައްސަފްތާވީ އަވަށަށް ބޮންއެޅުމުގެ ސަބަބުން 3 މީހުން ޝަހީދުވެފައިވާއިރު، ބައިތު
ލާހިޔާއަށް ދިން އުދުވާނީ ހަމަލާތަކުގައި 8 މީހުން ޝަހީދުވެފައިވާ ކަމަށް މީޑިއާ
އޮފީހުން ބުނެއެވެ.
މި ހަމަލާތަކުގައި
އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ބުނެއެވެ.
އިސްތިއުމާރީ
އިސްރާއީލު ސިފައިން ވަނީ، ޣައްޒާއަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތައް ވަރަށް
ބޮޑަށް ފުޅާކޮށް ވަރުގަދަވެސް ކޮށްފައެވެ.
ޣައްޒާގައި ހާލުގައި
ޖެހިފައިވާ އެތައް ލައްކަ މީހުންނަށް އިންސާނީ އެއްވެސް އެޙީތެރިކަމެއް ނުލިބޭއިރު،
އެމީހުންނަށް ސަލާމަތުން ދެވޭނޭ ތަނެއްވެސް ނެތި މިހާރު ތިބީ ބަންދުވެފައެވެ.
ޣައްޒާގެ އުތުރުގައި
އާންމުން ތިބި އެ އިމާރާތަކަށް ޓެރަރިސްޓުން ބޮންއަޅައި ގޮއްވާލުމުގެ ސަބަބުން
ޖުމްލަ 84 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 50 އަށްވުރެ ގިނަ ކުޑަކުދިން
ހިމެނޭ ކަމަށް ޣައްޒާ މީޑިއާ އޮފީހުން ބުނެއެވެ.
ރޭގެ އުދުވާނީ
ހަމަލާތަކުގައި ބައެއް އާއިލާތައް އެއްކޮށް ނައްތާލައި ބޮޑެތި ގަތުލުއާންމުތައް
ހިންގާފައި ވެއެވެ.
މިއަދުގެ މިހާތަނަށް ޣައްޒާއިން 20 މީހުން ޝަހީދު، ރޭގެ ހަމަލާތަކުގައި 84 މީހުން ޝަހީދުކޮށްލި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ