ޕޯސްޓްމޯޓަމް ހަދަން ޣަނީގެ ހަށިގަނޑު ފޮނުވައިފި

މިދިޔަ އަންގާރަ ދުވަހު މާފުށި ޖަލުގައި ދަންޖެހިގެން މަރުވި މާލެ، ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް، 62، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވައިފި އެވެ.ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކާ އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވާފައިވަނީ އިއްޔެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.ކަރެކްޝަންސް އިން ބުނީ އަންގާރަ ދުވަހު ހެނދުނު 6:52 ގައި ޣަނީ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ހެނދުނު 7:21 ގައި މަރުވެފައިވާ ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.މި ހާދިސާއާ ގުޅިގެން އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ތުހުމަތުކޮށް، އެ މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ.މި ފަހުން ލޯބިވެރިޔާ ރަހީނުކޮށް، ވަޅިން ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކުރި އާދަމް އަތުހަރު ވެސް ވަނީ ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓާ ދަންޖެހިގެން މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ