އަލިފުށި، މަނަދޫ އަދި މުލީގައި ހޮސްޕިޓަލް އަޅަން އެމްޓީސީސީއަށް

މީގެ އިތުރުން ހޮސްޕިޓަލުގައި ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ތިން ރަށެއްގައި އާ ހޮސްޕިޓަލް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ ނ. މަނަދޫ، ރ. އަލިފުށި އަދި މ. މުލީގައި ހޮސްޕިޓަލް އެޅުމަށެވެ. އޭގެ ތެރެއިން މަނަދޫ އާއި މުލީގައި އަޅަން ހަވާޅުކޮށްފައި ވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. ހެލްތު މިނިސްޓްރީން ބުނީ އެއީ 185 މިލިއަން ރުފިޔާ އަށް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި ދެ ހޮސްޕިޓަލް ކަމަށެވެ.އަލިފުށީގައި އެޅުމަށް ހަމަޖެހިފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފައި ވަނީ އެއީ 128 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.މި ހޮސްޕިޓަލްތަކަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނޭހެން އަޅާ ތަންތަނެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި، ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އަޅާނެ ކަމަށާއި މިއީ ސަރުކާރުން އަތޮޅުތަކުގައި ދޭ ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަޅާ ހޮސްޕިޓަލްތަކެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ