ރޯޝަނީ ބޯޓުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު - އެމްއެންޑީއެފް

މާލެއިން ފުރައިގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރުމާގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންްސް ފޯސް، އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ފަރަށް އަރާފައިވަނީ މުދާ ބަރުކޮށްގެން، 16 މީހުންނާ އެކު ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓް ކަމަށެވެ.
އެ ބޯޓު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއުންވަނީ ބޮޑު ދިޔައިގަ އެ ބޯޓު ފުންކުރުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވާފައެވެ. އެގޮތުން ބޮޑު ދިޔައިގައި ބޯޓު ކަފުޖަހާނެ ބޯޓެއް އައުމުން ފުންކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ބޯޓުން ދަތުރުކުރި އެންމެގެ ހާލުވެސް ރަނގަޅުކަމަށާއި ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްގެ ޑައިވަރުންނާއެކު ބޯޓު ފުންކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ