ސިފައިންގެ ހުވާ އަލަށް 98 އޮފިސަރަކު ކޮށްފި

ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު 98 އޮފިސަރަކު މަގާމުގެ ހުވާކޮށްފި އެވެ.
ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނުު ކޯސް ފުރިހަމަކޮށް ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނީ 89 ފިރިހެން އޮފިސަރުންނާއި ނުވަ އަންހެން އޮފިސަރުންނެވެ. މި ތަމްރީނު ބުރުގައި ޖުމްލަ 135 މީހަކު ބައިވެރިވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު އޮފިސަރުން ހުވާކުރަން އިއްޔެ ހަވީރު ގިރިފުށީގައި ބޭއްވި ރަސްމިއްޔާތުގައި، ތަމްރީނު ކޯސް ‌ހުވާ ލައިދެއްވީސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރެވެ. އަދި ތަމްރީނު ފުރިހަމަކޮށް ހުވާކުރި ދަރިވަރުންނަށް ބަޑި ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 28 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ