މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދިޔަ “ކަށަވަރު ޕްރޮމޯ” ގެ ނަސީބުވެރިއަކަށް އަހުމަދު އާލިމް (A214394) ހޮވިއްޖެއެވެ.
މިދިޔަ ނޮވްމެބަރު 1 އިން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށަގެންދިޔަ މި ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވާފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. ނަސީބުވެރިޔާގެ ގުރުއަތު ނެންގެވީ އެމްޓީސީސީގެ ސީއީއީ އަބްދު ٱللَّٰه ޒިޔާދެވެ.
މި ޕްރޮމޯޝަން އަމާޒުކުރީ އޮޑިވެރިންނާއި މަސްވެރިންނާއި އިންޖިނޭރުންނާއި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ އުފެއްދުންތައް ވިއްކުން ކަމަށް އެކުންފުނިން ބުނެއެވެ.
މި ޕްރޮމޯގެ ދަށުން ގުރުއަތުން ހޮވޭ ފަރާތަކަށް ޔަންމާ 175 ހޯސްޕަވަރުގެ އިންޖީނެއް ވަނީ ހުށަހަޅައިފައެވެ. މިއީ 2 ލައްކަ ރުފިޔާގެ އަގުހުރި އިންޖީނެެކެވެ.
މިއަހަރުގެ ތެރޭގައި އޮޑިވެރިންނަށް ފޯރުކޮށްދޭ ޙިދުމަތް އިތުރަށް ރަނގަޅުކޮށް ފުޅާކުރުމުގެ ގޮތުން، މެރިން އަދި އިންޑަސްޓްރިއަލް ސެކްޓަރަށް ޙާއްސަކޮށް އިތުރު ޕްރޮޑަކްޓްތައް ތަޢާރަފް ކުރުމަށް ނިންމާފައިވާ ކަމަަށް އެމްޓީސީސީން ބުންޏެވެ. މިއީ އޮޑިވެރިންނަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ކުރާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަށަވަރު ޝޯރޫމްއިން މިހާރު ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން ޝޯރޫމް ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރެވި، ޕްރޮޑަކްތަށް މިހާރަށްވުރެ ރަނގަޅަށް ޑިސްޕްލޭކުރެވި، ކަސްޓަމަރުންނާއި ރައްޓެހި މާހައުލެއްގައި ޚިދުމަތް ދެވެން ފެށޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އީކޮމާސް ޕްލެޓްފޯމުތައް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ ސަބަބުން ކޮންމެ ތަނެއްގައި ހުރެގެންވެސް އުފެއްދުންތަކުފެ މަޢުލޫމާތާއި އަގުތަށް ބަލައިލެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މިއާއެކު އޮންލައިންކޮށް ވިޔަފާރިކުރުމުގެ ފުރުޞަތުވެސް ލިބިގެން ދާނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން އާފްޓަ ސޭލްސް ހިދުމަތް ޒަމާނީ ފެންވަރުގައި ދެވޭނެ އައު ޑިސްޓްރިބިއުޝަން ސެންޓަރެއް ވެސް ޤާއިމް ކުރުމަށް ރާވާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ގދ. ތިނަދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ޓްރޭޑިންގ ސޭލްސް ސެންޓަރުތައް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
ކުރިއެކޭ އެއްގޮތަށް މަސްވެރިންނާއި އޮޑިވެރިންނާއި އޮޑިދޯނިފަހަރު ބަންނަމުންދާފަރާތްތަކަށް އެކިއެކި ގޮތްގޮތުން ދިމާވަމުންދާ ދަތިތަށް ދެނެގަނެ އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަށް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓީމްތަށް ކުރަމުންދާ ދަތުރުތަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީ ކަށަވަރު ޕްރޮމޯގެ ނަސީބުވެރިއަކަށް އަހުމަދު އާލިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ