އަޅުގަނޑުމެންނަކީ ބަހަނާދައްކާނެ ބައެއް ނޫން، ނަތީޖާ ނެރެދޭނަން - ރައީސް

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީއިން ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ރެލީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިއަދު ޔަގީންވެގެން ދިޔައީ މި ގައުމުގެ ކުރިމަގު ވަރަށް އުޖާލާކަން ކަމަށާއި ރައްޔިތުން ބޭނުންވަނީ މި ގައުމަކީ އިސްލާމްދީނުގެ މަތީގައި ކުރިއަށްދާ އިސްލާމީ ޝިއާރު މަތިވެރިކުރާ ގައުމެއްގެ ގޮތުގައި އޮތުމަށްކަން ރައްޔިތުން ސާބިތުކޮށްދީފި ކަމަށެވެ. އަދިި މި ގައުމުގެ މިނިވަންކަން ޔަގީންވެފައި އޮތުމަށާއި ރައްޔިތުން އެދޭ ތަރައްގީ ބާރު ދުވެލީގައި އޮތުމަށާއި ގައުމުގައި ދެން އޮންނަންވާނީ ހަމަޖެހުމާއި ހިތްހަމަޖެހުންކަން ރައްޔިތުން ނިންމައިފި ކަމަށެވެ.
މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއަބަދަށް މާޒީގެ ތެރެއަށް ދޫކޮށްލައި ރާއްޖޭގެ ރައްޔިތުންނަށް އެންމެ މުހިންމު މި މައްސަލަ ތާއަބަދަށް ހައްލުކޮށްދިނުމުގެ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ