ގުރުއާން ހިތުދަސް ކުރުމުގެ ކުލާސްތަކަށް ފުރުސަތު ހުޅުވާލައިފި

ގުރްއާނުގެ މަރުކަޒުން ބައިވެރިން ނަގާނީ ހިފުޒު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރާ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށް ފަހު އެވެ. މާކްސް އެއްވަރުވެއްޖެނަމަ ފުރުސަތު ދޭނީ ފޯމު ހުށައަޅާފައިވާ ތަރުތީބަށް ބަލައިގެނެވެ.
ގުރުއާން ހިތުދަސް ކުރުމުގެ ކުލާސްތަކަށް ވަންނަން ކީރިތި ގުރުއާނުގެ މަރުކަޒުން ފުރުސަތު ހުޅުވާލައިފި އެވެ.
މި އަހަރުގެ ދެ ވަނަ ސެމިސްޓާގައި ހިންގާ ކުލާސްތަކުގައި ބައިވެރިވާން ފުރުސަތު ހުޅުވައިލައިފައި ވަނީ މޭ މަހުގެ 19 އާ ހަމައަށެވެ. ހުޅުމާލޭ އަމީލް ޖަލީލް މިސްކިތާއި މާލޭގެ ސަލްމާން މިސްކިތުގައި ހިންގާ ކުލާސްތަކުގައި ބައިވެރިވެވެނީ 7 އަހަރު ފުރިފައިވާނަމަ އެވެ. ގުރްއާނުގެ މަރުކަޒުން ބައިވެރިން ނަގާނީ ހިފުޒު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރާ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށް ފަހު އެވެ. މާކްސް އެއްވަރުވެއްޖެނަމަ ފުރުސަތު ދޭނީ ފޯމު ހުށައަޅާފައިވާ ތަރުތީބަށް ބަލައިގެނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ